
ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިޞްލާޙް ކުރުމަށް ރައީސް ޑރ. މުޢިއްޒު 2024 މޭ 28 ގައި ގޮވައިލެއްވި ގޮވައިލެއްވުން އދ. ގެ ވެރިޔާ ގުޓެރޭޒްގެ ވަދާޢީ ޚިޠާބުގައި ވެސް ފާހަގަކުރައްވައިފި.
20 ގަޑިއިރު ކުރިން - 08:00
ސުޕަޕަވަރުން އެމީހުންގެ ބާރަކީ ހުރިހާ ކަމެއްގެ މައްޗަށް ހިނގާނެ އެއްޗެއް ނޫންކަން ގަބޫލުކުރަން ޖެހިފައިވާ ކަމަށާ، ބޮޑެތި ބާރުތަކުގެ އަސްކަރީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ބާރުތަކަކީ ހުރިހާ ކަމެއްގެ ޙައްލު ނޫންކަން މިއަދުގެ ދުނިޔޭގެ ޙާލަތުން ދައްކުވައިދޭ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ.
22 ގަޑިއިރު ކުރިން - 06:00
މި ނިޒާމަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މުއްސަނދި ގައުމުތަކުން އެމީހުންގެ އަމިއްލަ މަސްލަހަތު ހިފެހެއްޓުމަށްޓަކައި "މުއްސަނދިން މުއްސަނދިންނަށްޓަކައި" ހަދާފައިވާ ނިޒާމެއް ކަމަށާއި، މިއަދުގެ ދުނިޔޭގެ ޙަޤީޤަތްތަކާ މި ނިޒާމު އެއްވެސްވަރަކަށް ނުގުޅޭ ކަމަށް އޭނާ ފާހަގަކުރެއްވި.
22 ގަޑިއިރު ކުރިން - 05:49
ގުޓެރޭޒް ވިދާޅުވީ ވޯލްޑް ބޭންކުވެސް ހިންގަނީ ދެވަނަ ބޮޑުހަނގުރާމައިގެ ބާރުގެ ދުވަސްވަރާއި އެއްގޮތަށް ކަމަށާއި، މިއަދުގެ ދުނިޔޭގެ ޙަޤީޤަތްތައް ދައްކުވައިދޭނެ ފަދަ ބޮޑެތި އިޞްލާޙުތަކެއް އދ އަށް ވެސް ގެންނަން މަޖުބޫރުވެފައިވާ ކަމަށް.
22 ގަޑިއިރު ކުރިން - 05:40