އެމްއެމްއޭގެ އައު ޤަވާޢިދަށް ރިޢާޔަތް ކުރައްވައި ރައްޔިތުންނަށް އޮޅުވާލައި މާޔޫސް ކޮށްލުމަށްޓަކައި ރައީސް ޔާމީން ވިދާޅުވީ ބޭންކުން ޢާންމު މީހަކަށް ޑޮލަރު ނުވިއްކާނެ ކަމަށާއި، ޑޮލަރު ދޭނީ ރިސޯޓު އޯނަރުން ފަދަ މުއްސަނދިންނަށް ކަމަށް.
716 ދުވަސް ކުރިން - 15:54
ރައީސް ޔާމީން ވިދާޅުވީ ޖަލުން ނުނިކުންނާނެކަން ކަށަވަރު ކުރުމަށާއި ގެއަށް ބަދަލު ކުރުމަށް ދެކޮޅު ހެއްދެވީ ރައީސް ޑރ. މުޢިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް.
735 ދުވަސް ކުރިން - 15:01
ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްކަން އެމެރިކާއާއި އިނގިރޭސީން ނިންމާފައިވާތީ، އެތަން ރާއްޖެއަކަށް ނުލިބޭނެ. ޔާމީން ފޯޅަވަހި ހޯދައިދޭނެކަމަށް ވިދާޅުވުމަކީ ދައްކާ ދަޅައެއް. ޔާމީނަކީ މަކަރުވެރި ދޮގުވެރިއެއްކަން އެމަނިކުފާނުގެ ބަސްފުޅުތަކުން ދުވާލުގެ އިރު ފެންނަ ފަދައިން ހާމަވޭ.
737 ދުވަސް ކުރިން - 14:46
މި މައްސަލައިގެ އަޑުއެހުން މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި.
740 ދުވަސް ކުރިން - 22:38
"އިންޑިއާ އައުޓް”މައްސަލައިގައި ނެރުނު ޤަރާރު ބާޠިލު ކުރެއްވުމަށް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށްފަހު، އެމައްސަލައިގައި ގޮތް ނިންމުމަށް ކޯޓުން މަސައްކަތް ކުރުމުން ޔާމީނު އެކަމެއް ބޭނުންފުޅެއްނުވި. ޔާމީނު ކޯޓަށް ފިއްލެވީ. ދައްކައިލީ ޔާމީނުގެ އަސްލު ސޫރަ.
745 ދުވަސް ކުރިން - 12:27
ފަނޑިޔާރު އުސްތާޛް ނާޞިރު ޢަދުލުވެރިކަމާއެކު އެމައްސަލަ ބާޠިލް ކުރެއްވީ ޔާމީނުގެ ފަރާތުން އެމައްސަލައިގައި ވަކާލާތު ކުރެއްވުމަށް ކޯޓަށް ވަޑައިނުގެންނެވުމުން، ޝަރީޢަތް ކުރުމާއިބެހޭ އުޞޫލުތަކުގައިވާ ގޮތުގެ މަތީން.
746 ދުވަސް ކުރިން - 17:37
ޔާމީނުގެ ފަރާތްޕުޅުން މިމައްސަލަތައް ޕީޖީއަށް ހުށަހެޅުއްވީ އެ އޮފީހުން ހުޅުވާލި ފުރުޞަތެއްގައި. އެއީ ދަޢުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދުގެ މުއްދަތު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމަށް އެ އޮފީހުން ހުޅުވާލި ފުރުޞަތެއް.
749 ދުވަސް ކުރިން - 14:09
ރައީސް ޔާމީނުގެ އަމިއްލަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި ކަމުގެ އެއްވެސް ހަނދާނެއް ނެތްކަމަށާއި މަސައްކަތް އަމާޒުވެފައިވަނީ ޕާޓީގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުންކަމަށް އައްބާސް ވިދާޅުވި.
775 ދުވަސް ކުރިން - 20:43
ވަޒީރު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ ޢާންމު މަޖިލީހުގައި ދެއްވި ތަޤްރީރާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމީން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުން.
778 ދުވަސް ކުރިން - 15:12
ގާޒީ އަލީ ނަދީމް ވިދާޅުވީ ދެ މައްސަލައިގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލުކުރެވޭތީ، ސުޕްރީމް ކޯޓުގެ މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގެ މައްސަލަ މަޑުޖައްސާލުމަށް ނިންމި ކަމަށް.
790 ދުވަސް ކުރިން - 13:42
މި އަޑުއެހުމަކީ ހައިކޯޓުން މިއަހަރުގެ އެޕްރީލް 18 ވަނަ ދުވަހު، އޭނާގެ ކުރީގެ ޖަލު ހުކުމް ބާތިލްކޮށް، އެކޯޓުގެ ގައިޑްލައިންތަކާ އެއްގޮތަށް މައްސަލަ އަލުން ބަލަން އަމުރުކުރުމުން ކުރިޔަށްދާ އަޑުއެހުމެއް
792 ދުވަސް ކުރިން - 14:15
"އަސްލު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަސަދުﷲ ވިދާޅުވީ ޕީއެންއެފް ފާހަގަވެގެންދަނީ "ފްރެންޑްސް އެންޑް ފެމިލީ" ކުޑަ ކުޑަ ކޮމިއުނިޓީއެއް ގޮތަށް ކަމަށާއި އެ ޕާޓީއަކީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޤަބޫލުނުކުރެއްވޭ ކަމަށް.
797 ދުވަސް ކުރިން - 19:31