
ރައީސް ވިދާޅުވީ، ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ހޯދޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެސެޓް ރިކަވަރީ ބިލާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް މަޖިލީހަށް ފޮނުވާފައިވާ ކަމަށް. އަދި މި ސަރުކާރުން މިކަން ފުރިހަމައަށް ތަންފީޒުކުރާނެ ކަމަށް ވިދާޅުވި.
8 ގަޑިއިރު ކުރިން - 23:02
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކުގެ މުހިންމުކަން ގިނަ ބަޔަކު ޤަބޫލުކުރާ ކަމަށް. އަދި އިގްތިސާދު ކުރިއެރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ލިބިއްޖެނަމަ، މިކަމުގެ ފޮނި ނަތީޖާ މުޅި ގައުމަށް ފެންނާނެ ކަމަށް ރައީސް ވިދާޅުވި.
8 ގަޑިއިރު ކުރިން - 22:31
ޗައިނާ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގަތީ މިއީ ދައުލަތުގެ ބަޖެޓުން އެކަނި ހިންގޭވަރަށްވުރެ ބޮޑު މަޝްރޫއަކަށް ވާތީ ކަމަށް. އަދި މިއަހަރު ނިމުމުގެ ކުރިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ރައީސް ވިދާޅުވި.
28 ދުވަސް ކުރިން - 01:33
ހައުސިންގް ސްކީމްތަކަށް ހުށަހަޅާފައިވާ ފޯމުތައް މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވި. ސް ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެއްވެސް މީހަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށް.
61 ދުވަސް ކުރިން - 21:44