އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގާ ހާފިޒުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުގެ ދަށުން، ދެވަނަ ހާފިޒަކަށް ޅ. ނައިފަރު ބަށިމާގެ، އަލްޙާފިޡް އާސިރު އާރިފް ޔޫސުފް ހޮވިއްޖެ. މި މަޝްރޫޢުގެ މަޤްޞަދަކީ ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ހިތްވަރުދިނުން.
721 ދުވަސް ކުރިން - 22:47
މިއަދަކީ މިފަހުގެ ތާރީޚުގައި މާލެ ސަރަޙައްދުގައި އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ކުރި ދުވަސް މިނިސްޓަރ ޝަހީމް ވިދާޅުވެއްޖެ. މިނިސްޓަރ ވިދާޅުވީ މި ހުރިހާ ކުދިންނަކީވެސް ޒުވާން ޚަތީބު ޕްރޮގްރާމުން ތަމްރީނު ހޯދައި ސަނަދު ޙާސިލްކުރި ކުދިން ކަމަށް.
724 ދުވަސް ކުރިން - 14:53
މި އިމްތިހާނުގެ މަޤްޞަދަކީ މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުވުމަށް ޚަޠީބުންގެ ދަފްތަރެއް އެކުލަވާލުމަށާއި ޚަޠީބުންގެ ފެންވަރު ވަޒަންކޮށް، އެންމެ ޤާބިލު ފަރާތްތައް ހޮވުން ކަމަށް ވުޒާރާއިން ވަނީ ބުނެފައި.
727 ދުވަސް ކުރިން - 00:24
ޝެއިޚް ޒައިދު ވިދާޅުވީ ޚުތުބާ ކިތަންމެ މޮޅަސް، ޚުތުބާ ފަރިތަނުކޮށް އައިސް ފަށަ ފަށައިގެން ޖުމްލަ ކިޔުމަކީ އަޑު އަހަން ތިބޭ ބައެއްގެ ޝައުޤުވެރިކަން ގެއްލި ޚުތުބާގެ އަސަރު ކެނޑި، ދޭން ބޭނުންވާ މެސެޖު ފެއިލްވާ ކަމެއް ކަމަށް. މިކަމަށް ރައްދު ދެއްވާ ޝަހީމް ވިދާޅުވީ ޚުތުބާ ކިޔުއްވާ ބޭފުޅުންގެ ލިސްޓު އަންނަ ޙަފްތާގައި މުރާޖަޢާކުރާނެ ކަމަށް.
731 ދުވަސް ކުރިން - 15:43