
މަސްވެރިންގެ ދަފްތަރާ ބެހޭ ގާނޫނު މިހަފްތާ ނިމުމުގެ ކުރިން ގެޒެޓް ކުރެވުމުން މަސްވެރިންނަށް ބޭންކުތަކުން ލޯނު ލިބުމުގެ މަގު ފަހިވެ އެސްޓީއޯގެ ކްތެޑިޓް ސްކީމްގައި ބައިވެރިވެވޭނެ.
639 ދުވަސް ކުރިން - 12:50
ގާފަރުގެ މަލަމަތި ބަދަލުކޮށްލާ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށާއި އައިސްޕްލާންޓް ބޮޑުކޮށްދެއްވާނެ ކަމަށް ރައިސް ވިދާޅުވެއްޖެ.
639 ދުވަސް ކުރިން - 12:23
މާދަމާއިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކައުންޓް އޮންނަ އޮޑިވެރިންނަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރެވޭނެކަމަށް ރައީސް ވިދާޅުވި.
639 ދުވަސް ކުރިން - 12:16
ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވާނެ ކަމަށާއި، ތަޢުލީމާއި ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް އަންނަ އަހަރު ފެށުމަށް ޚާއްޞަ އިސްކަމެއްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.
639 ދުވަސް ކުރިން - 11:08