ގާފަރު ބަނދަރު ދެގުނަކޮށް ޒަމާނީފެންވަރަށް ހަދައި އައިސްޕްލާންޓް ވެސް ބޮޑުކޮށްދިނުމަށް ރައީސް ވައުދުވެވަޑައިގެންފި

އުސްތާޛް މުޙައްމަދު ޢަލީ | 315 ދުވަސް ކުރިން - 9 ޑިސެންބަރު 2024 12:23
ޚުލާސާ

ގާފަރުގެ މަލަމަތި ބަދަލުކޮށްލާ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށާއި އައިސްޕްލާންޓް ބޮޑުކޮށްދެއްވާނެ ކަމަށް ރައިސް ވިދާޅުވެއްޖެ.

ގާފަރުގެ ބަނދަރު ޒަމާނީ ކުރުމާއެކު މިހާރު ހުރި ވަރުގެ ދެގުނަ ބޮޑު ބަނދަރެއް އެރަށުގައި ހައްދަވައިދެއްވާނެ ކަމަށާއި، އައިސްޕްލާންޓް ވެސް ބޮޑުކޮށް މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް މިހާރު އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.

އަނެއްކޮޅުން ބަލާއިރު، ފުރަތަމަ އިސްކަންދެނީ އައިސް ޕްލާންޓް ނެތް ތަންތަނުގައި އައިސް ޕްލާންޓް ހެދުން ކަމަށް ވިދާޅުވި ނަމަވެސް، ރައީސްގެ ވައުދު ފުއްދުމުގެ ގޮތުން ގާފަރުގެ އައިސް ޕްލާންޓް ބޮޑުކޮށްދީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، މިފްކޯ ރިފޯމް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، މަސްވެރިކަން ކޮޅަށްޖަހައި ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، 38 މިލިޔަން ރުފިޔާ މިއަދު ދާދި ދެންމެއަކު ވަނީ އޮޑިވެރިންނަށް ޖަމާކުރުމަށް އެޕްރޫވް ކުރެވިފައެވެ. އަދި މާދަމާއިން ފެށިގެން ބީއެމްއެލްގެ އެކައުންޓެއް އޮވެއްޖެނަމަ، 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިންގެ ދަފްތަރާ ބެހޭ ގާނޫނު މިހަފްތާ ނިމުމުގެ ކުރިން ގެޒެޓް ކުރެވޭނެ ކަމަށާއި، މި ގަވާއިދު ނެރެވުމުން މަސްވެރިންނަށް ބޭންކުތަކުން ލޯނާއި އެސްޓީއޯ ސްކީމުގެ ދަށުން އެއްޗެހި ނެގުން މަގުފަހިވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%