ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި.
520 ދުވަސް ކުރިން - 03:01
މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތައް ކުރައްވަމުން ގެންދަވާ، ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެއް.
608 ދުވަސް ކުރިން - 16:33
އެމަނިކުފާނު މިވަގުތު ގެންދަވަނީ ފަހަރަކު މަސްދޯންޏަކަށް އަރައިވަޑައިގެން މަސްވެރިންނާއި މަޝްވަރާ ކުރައްވައި، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އޮޅުންފިލުއްވަމުން
608 ދުވަސް ކުރިން - 14:27
ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި މަސްވެރިންގެ އުއްމީދުތަކާއި ގުޅޭ ގޮތުން ކަންކަން ފަހިކޮށްދިނުމަށް.
608 ދުވަސް ކުރިން - 13:02
މިވަގުތު ދެއްވަދޫއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށްގިރުމުގެ މައްސަލަކަން ރަށުގެ ކައުންސިލުން ފާހަގަކުރައްވާފައިވާތީ، ބަނދަރު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެކަމަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައިސް ވިދާޅުވި.
608 ދުވަސް ކުރިން - 12:29
ދެއްވަދޫއިން ބޭނުންވަނީ ވަށައިޖެހޭ ހައްލެއް.. އޭގެތެރޭގައި 5 ހެކްޓަރާއި 7 ހެކްޓަރަށް ދެއްވަދޫ ބޮޑުކުރުމުގެ ފުރުޞަތު އޮތް. މިހާރުގެ ބަނދަރުގެ ޕްލޭނަށް ކުޑަ ބަދަލެއް ގެނެސް މި ވަށައިޖެހޭ ހައްލު ގެނެސްދެވޭނެ.
608 ދުވަސް ކުރިން - 12:04
މީގެ އިތުރުން، ދާއިމީ ހައްލެއް ލިބެންދެން ކައުންސިލްގެ ބެލުމުގެ ދަށުން ހުރި ބޮޑެތި ހިލަ ބޭނުންކޮށްގެން ވަގުތީ ހައްލެއް ގެނެސްދިނުމަށް ފައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވި.
608 ދުވަސް ކުރިން - 00:28
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް.
609 ދުވަސް ކުރިން - 22:36
ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ފައްޓަވައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސް ވިދާޅުވި.
609 ދުވަސް ކުރިން - 18:42
މިއަދުގެ ހަތަރު ވަނަ ރަށަށް ގއ. މާމެންދޫ އަށް ވަޑައިގެންނެވުމުން އެރަށު ކުދިބޮޑު ވަރަށް ގިނަ ބަޔަކު ނުކުމެ ރައީސަށް މަރުޙަބާ ދެންނެވި..
609 ދުވަސް ކުރިން - 18:16
މިހާތަނަށް ހުވަދޫ އަތޮޅުން ވަޑައިގެންނެވި ހުރިހަ ރަށަކުން ވެސް އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، އެރަށްރަށުން އެދުނު ގިނަ ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ފެއްވާފަ.
609 ދުވަސް ކުރިން - 17:49
ކަނޑުހުޅުދޫ ކައުންސިލުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އިޖާބަދެއްވަމުން ރައީސް ވިދާޅުވީ، އެ މައްސަލަތައް ރަނގަޅަށް ދިރާސާކުރައްވައި، އެކަށީގެންވާ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް.
609 ދުވަސް ކުރިން - 17:19
ރަތަފަންދޫއަށާއި ކަނޑުހުޅުދޫއަށް ވަޑައިގަތުމަށްފަހު މިހާރު ރައީސް ވަނީ ނިލަންދޫއަށް ވަޑައިގެންފަ. ރައީސް ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް، އެރަށުގެ ރައްޔިތުންގެ ފަރާތުން ފެންނަނީ ޖޯޝާއި ފޯރި.
609 ދުވަސް ކުރިން - 16:51