
މިއީ ސަރުކާރުން އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅައި، ދަރަނި އަދާކުރުމާ ގުޅިގެން ރާއްޖޭގެ ސޮވަރިން ރޭޓިންގް މަތިވުމާއެކު ލިބުނު ކުރިއެރުމެއް.. މީގެން ދޭހަވަނީ ބޭންކުގެ ރައުސްމާލު ވަރުގަދަކަމާއި، ގައުމުގެ މާލީ ނިޒާމަށް ބައިނަލްއަގުވާމީ އިދާރާތަކުގެ އިތުބާރު އޮތްކަމެއް.
88 ދުވަސް ކުރިން - 09:09
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ އިގްތިސާދީ ބޮޑު ނުރައްކަލެއްގެ ތެރެއަށް. ނަމަވެސް، ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކާއެކު، ދަރަނި އަދާކުރެއްވުމުން، ރާއްޖޭގެ ފިޗް ރޭޓިންގ މަތިވެ، ބައިނަލްއަގުވާމީ މާލީ އިތުބާރު ވަނީ އިއާދަވާން ފަށާފަ. މިއީ ރާއްޖޭގެ އިގްތިސާދީ ސިޔާދަތު ހިމާޔަތްކުރުމަށް ލިބުނު ބޮޑު ކާމިޔާބީއެއް.
92 ދުވަސް ކުރިން - 07:30
ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ބޭރުގެ ދަރަނި ދެއްކުމުގެ ޕްރެޝަރު ކުޑަވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ މަތިވެފަ. ވަކިން ހާއްސަކޮށް ސުކޫކް އަދި ޕްރައިވެޓް ޕްލޭސްމަންޓަށް ލުއިލިބުމަކީ މާލީ ހަމަޖެހުމަށް މަގުފަހިވި މުހިންމު ފިޔަވަޅުތަކެއް.
92 ދުވަސް ކުރިން - 20:42