މުހައްމަދު އަލާއްބާރަކީ ބުރްޖު ހަލީފާއާއި ޑައުންޓައުން ދުބާއީ ބިނާކުރި އެމާރގެ ބާނީ އަދި އީގަލް ހިލްސްގެ ވެރިޔާ. ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ "ވޯޓަރފްރަންޓް އެންޑް މެރީނާ" ތަރައްގީކުރަން ރާއްޖެއިން އޭނާ އިހުތިޔާރުކުރީ ބޮޑެތި މަންޒިލްތައް ބިނާކުރުމުގެ ތަޖުރިބާ ހުރުމުން.
61 ދުވަސް ކުރިން - 17:18
ރަސްމާލޭގައި ހިންގާ މި މަޝްރޫއާ ގުޅޭގޮތުން އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވީ، އަމާޒަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ބިނާކޮށް ހަގީގީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއް އުފެއްދުން ކަމަށް. މިއީ 54،000 ވަޒީފާއާއި އިގްތިސާދީ ބޮޑު ކުރިއެރުމެއް ގެނުވާނެ ތާރީހީ ބިޔަ އިންވެސްޓްމަންޓެއް.
61 ދުވަސް ކުރިން - 13:03
ދަ ނެޝަނަލް ނޫހުން ރިޕޯޓްކުރި ގޮތުގައި، ރިސޯޓުތަކާއި މަތީ ފަންތީގެ ރެޒިޑެންސްތައް ހިމެނޭ މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް 18 ބިލިއަން ޑޮލަރުގެ ސާފު ފޮރިން އިންވެސްޓްމަންޓް ލިބި، 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ. އަދި އަހަރަކު 2 ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ލިބޭނެ.
61 ދުވަސް ކުރިން - 11:28