މެޗުގެ ފުރަތަމަ ލަނޑު ލެވަންޑޯސްކީ ޖެހީ އަށްވަނަ މިނެޓުގަ. 34 ވަނަ މިނެޓުގައި ރަފީނިއާ ދެވަނަ ލަނޑު ޖެހުމަށްފަހު، ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޓީނޭޒް ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ. ދެވަނަ ހާފުގައި ލެވަންޑޯސްކީ އޭނާގެ ދެވަނަ އަދި ޓީމުގެ ހަތަރުވަނަ ލަނޑު ޖެހި. ބާސާގެ ފަސްވަނަ ގޯލަކީ މެޗުގެ ފަހު މިނެޓުތަކުގައި ޔަންގް ބޯއިޒްގެ ކަމާރާގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
707 ދުވަސް ކުރިން - 13:51
ބާސާގެ އެއްނަމްބަރު ކީޕަރަށް އަނިޔާވެ ސީޒަން ނިމުމާއި ގުޅިގެން އެޓީމަށް ތަޖުރިބާކާރު ކީޕަރެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ޝެޒްނީ އާއެކު ވަނީ ވާހަކަ ދެކެވިފައި. އޭނާ މިހާރު ދަނީ ބާސެލޯނާއާއި ގުޅުމަށްޓަކައި މެޑިކަލްތައް ހަދަމުން
712 ދުވަސް ކުރިން - 09:47
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން މޮޅުވެ، 18 ޕޮއިންޓާއެކު ބާސެލޯނާ މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތްއިރު، ބަލިވި ވިލަރެއާލް އޮތީ ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ފަސްވަނައިގަ
715 ދުވަސް ކުރިން - 14:53
ބާސާ ބަލިވން ޖެހުނު އެންމެ ބޮޑު އަސްލަކީ މެޗުގެ 10 ވަނަ މިނެޓުގައި އެޓީމުގެ ގާސިއާއަށް ދެއްކި ރަތްކާޑު. މެޗުގެ ބޮޑު ބައި 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުމުގެ ނަތީޖާއަކީ މޮނާކޯ އޭގެ އެޑްވާންޓޭޖް ނެގުން. މެޗުން މޮނާކޯ މޮޅުވީ 2 ލަނޑު 1 ލަނޑުން. ނައިޖީރިއާގެ ފޯވާޑް ޖޯޖް އިލެނިކޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ
719 ދުވަސް ކުރިން - 14:05