Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވެލާނާ އާ ޓާމިނަލް: "ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދޭ ބަނދަރޭ ފަހުރު ވައިގެ މީ"

ވެލާނާ އާ ޓާމިނަލް: "ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދޭ ބަނދަރޭ ފަހުރު ވައިގެ މީ"

އާނާ ފަހީމް
359 ދުވަސް ކުރިން - 23 ޖުލައި 2025 12:49
ރައީސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލަށް ޒިޔާރާތްކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލަށް ޒިޔާރާތްކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އާ ޓަމިނަލް ހުޅުވުމުގެ ތއްޔާރިތަކުގެ ތެރެއިން އެމްއޭސީއެލްއިން "ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދޭ ބަނދަރޭ ފަހުރު ވައިގެ މީ" މި ނަމުގައި ގައުމީ ރޫހު ދައްކުވައިދޭ ލަވައެއް ނެރެފި.

ލަވައިގެ ފަހު ބައިގައި، "ހިންގުންތެރިން ވަތަނީ ދަލުން، ތެމމިފޯވެގެން ކުރި ގަދަ ހޮއްރުން، ފެށިގެން އެއާޕޯޓު އައިގޮތުގެ ތަފްސީލު މިބިމާ ފަޒާ ހެކިވަނީ" މިފަދައިން ބުނެފައިވުމުން، އެއާޕޯޓުގެ ތަރައްޤީގައި ކުރެވުނު މަސައްކަތްތަކާއި، ޤައުމީ ޒިންމާދާރުކަމުގެ ރޫޙު ފާހަގަކުރެއެވެ. މިބަސްތަކުން ދިވެހި ވައިގެ ބަނދަރުގެ ތާރީހީ ދަތުރާއި، އެ ދަތުރުގައި ދިވެހި ދަރިން ކޮށްފައިވާ ބުރަ މަސައްކަތްތައް ހަނދާންކޮށްދެ އެވެ.

މި ލަވައަކީ ހަމައެކަނި މަޝްރޫއެއްގެ ކާމިޔާބީ ފާހަގަކުރާ ލަވައެއް ނޫނެވެ. މިއީ ދިވެހި ގައުމުގެ ކުރިއެރުމާއި، މިނިވަންކަމާއި، ފަހުރުވެރިކަން ދައްކުވައިދޭ ގައުމީ ރޫހުގެ ތަރުޖަމާއެކެވެ. ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ އާ ޓާމިނަލް ހުޅުވުމާއެކު ދިވެހި ގައުމަށް އާ ފަޒާތަކެއް ހުޅުވިގެންދާނެ ކަމުގެ އުއްމީދު މި ލަވައިން އިހުސާސްކޮށްދެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ ތާރީހުގައި އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ އާ ޓާމިނަލް، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކަމަށްވާ އަންނަ މަހުގެ 26 ގައި ހުޅުވުމަށް ތައްޔާރުވަމުން ދާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ މި މަޝްރޫއުގެ ގައުމީ ރޫހު ދައްކުވައިދޭ ހާއްސަ ލަވައެއް ނެރެފައެވެ. "ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދޭ ބަނދަރޭ ފަހުރު ވައިގެ މީ" މި ނަމުގައި ނެރެފައިވާ މި ލަވައަކީ، ދިވެހި ގައުމީ ރޫހާއި، މިނިވަންކަމާއި، ވައިގެ ދަތުރުފަތުރުގެ ކުރިއެރުމަށް ދެވިފައިވާ ބޮޑު އަހައްމިއްޔަތު ރަމްޒުކޮށްދޭ އަސަރުގަދަ ލަވައެކެވެ.

Advertisement

Advertisement 1

މިނިވަން ދުވަހާ ގުޅުވައިގެން ހުޅުވުމަށް ތައްޔާރުވަމުން އަންނަ މި އާ ޓާމިނަލްއަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ތަރައްގީގެ ބޮޑު ކުރިއެރުމެކެވެ. އެމްއޭސީއެލްއިން މިހާރު ދަނީ މި ބޮޑު މަޝްރޫއު ހުޅުވުމަށްޓަކައި ވާންޖެހޭ ފަހުގެ ތައްޔާރީތައް ފުރިހަމަ ކުރަމުންނެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދަށްވާ އިރު، މި މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. ނަމަވެސް އޭގެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ މަޝްރޫއުގެ މަސައްކަތެއް މާ ބޮޑަކަށް ކުރިއަށް ގޮސްފައެއް ނުވެއެވެ. އެހެންކަމުން މިހާރު މި މަޝްރޫއު ނިންމުމަކީ ސަރުކާރުގެ އެންމެ އިސްކަމެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމެކެވެ.

މި ބޮޑު މަޝްރޫއު ހުޅުވުމާ ގުޅިގެން އެމްއޭސީއެލްއިން ނެރެފައިވާ "ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދޭ ބަނދަރޭ ފަހުރު ވައިގެ މީ" މި ލަވައިގެ ކޮންމެ ބަހަކުން ދިވެހި ޤައުމީ ރޫޙާއި ފަހުރުވެރިކަން ދައްކުވައިދެއެވެ.

ލަވައިގެ ފުރަތަމަ ދެ ބައިން، "އިލްމާއި ހުލްގުގެ ހިކުމަތު ރައީސަށް ޝުކުރޭ އަދާކުރެވޭނީ މި ޝިޔާރު ގައުމީ، ވިންދުން ޖަހާމީ ބަނދަރޭ ދިވެހި ވައިގެ މީ. ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދޭ ބަނދަރޭ ފަހުރު ވައިގެ މީ" މިފަދައިން ބުނެފައިވުމުން، މި ބަނދަރަކީ ހަމައެކަނި އެއާޕޯޓެއް ނޫންކަމާއި، އެއީ ދިވެހި ގައުމުގެ މިނިވަންކަމާއި ތަރައްގީގެ ރަމްޒެއްކަން ހާމަކޮށްދެ އެވެ. ހާއްސަކޮށް "އިލްމާއި ހުލްގުގެ ހިކުމަތު ރައީސަށް ޝުކުރޭ އަދާކުރެވޭނީ" މި ބައިން، މި މަޝްރޫއު ނިންމުމުގައި ރައީސް ޑރ. މުއިއްޒު އަދާކުރައްވާ ދައުރަށް ޝުކުރުވެރިވެފައިވެ އެވެ.

ލަވައިގެ ފަހު ބައިތުގައި، "ހިންގުންތެރިން ވަތަނީ ދަލުން، ތެމިމިފޯވެގެން ކުރި ގަދަ ހޮޅުރުން، ފެށިގެން އެއާޕޯޓު އައި ގޮތުގެ ތަފުސީލު މި ބިމާ ފަޒާ ހެކިވަނީ" މިފަދައިން ބަޔާންކޮށްފައިވުމުން، އެއަރޕޯޓުގެ ތަރައްގީގައި އަދާކުރެވުނު މަސައްކަތްތަކާއި، ގައުމީ ޒިންމާދާރުކަމުގެ ރޫހު ފާހަގަކުރެވެއެވެ. މި އިބާރާތްތަކުން ދިވެހި ވައިގެ ބަނދަރުގެ ތާރީހީ ދަތުރާއި، އެ ދަތުރުގައި ދިވެހި ދަރިން އަދާކޮށްފައިވާ މުހިންމު ދައުރު ހަނދާންކޮށްދެ އެވެ.

މި ލަވައަކީ ހަމައެކަނި މަޝްރޫއެއްގެ ކާމިޔާބީ ފާހަގަކުރާ ލަވައެއް ނޫނެވެ. މިއީ ދިވެހި ގައުމުގެ ކުރިއެރުމާއި، މިނިވަންކަމާއި، ފަހުރުވެރިކަން ތަމްސީލުކުރާ ގައުމީ ރޫހުގެ ތަސްވީރެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު ދިވެހި ގައުމަށް އާ އުފުގުތަކެއް ހުޅުވިގެންދާނެ ކަމުގެ އުންމީދު މި ލަވައިން އިހުސާސްކުރެވެ އެވެ.

އެމްއޭސީއެލް
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

12 ދުވަސް ކުރިން - 14:19

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

19 ދުވަސް ކުރިން - 14:05

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

20 ދުވަސް ކުރިން - 19:47

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

22 ދުވަސް ކުރިން - 23:43

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

26 ދުވަސް ކުރިން - 19:53

ފްލައިނާސް އިން ހަފުތާއަކު ތިން ފްލައިޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް އަލުން ފަށައިފި

ހަފުތާއަކު ތިން ފްލައިޓާއެކު ފްލައިނާސް އިން ދަތުރުތައް އަލުން ފަށައިފި

27 ދުވަސް ކުރިން - 17:00