Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެެ އެންމެ މުހިންމު އެއް ވައުދުފުޅު މި އޮތީ ފުރިހަމައަށް ނިންމާލެވިފަ: ލަމްއާން

ރައީސްގެެ އެންމެ މުހިންމު އެއް ވައުދުފުޅު މި އޮތީ ފުރިހަމައަށް ނިންމާލެވިފަ: ލަމްއާން

އާނާ ފަހީމް
404 ދުވަސް ކުރިން - 23 ޖުލައި 2025 09:24
އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރިއަށްދާ ސިލްސިލާ ޓްރަޔަލްތަކުގެ ތެރެއިން/ ފޮޓޯ: އެމްއޭސީއެލް
އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރިއަށްދާ ސިލްސިލާ ޓްރަޔަލްތަކުގެ ތެރެއިން/ ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ރައީސްގެ ގެ އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށްވާ ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފުރިހަމައަށް ނިންމާލެވިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފި.

ލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމައި ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ވަރަށް ފުރިހަމައަށް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ. ވީއައިއޭގެ އާ ޓާމިނަލް 26 ޖުލައި 2025 ގައި ހުޅުވުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މިހާރު ކުރިއަށްދަނީ ޓާމިނަލް ހުޅުވުމުގެ ފުލް ޓްރަޔަލްތައް ކަމަށާއި، އާ ޓާމިނަލްގެ ހުރިހާ ސިސްޓަމްތައްވެސް ހުރީ އޮޕަރޭޝަނަށް ތައްޔާރަށް ކަމަށް ޑީއެމްޑީ ލަމްއާން ވިދާޅުވިއެވެ. އޭނާ ވަނީ މި މަސައްކަތުގައި އެމްއޭސީއެލްގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ ފަހުރުވެރި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

"ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅު މި އޮތީ ފުރިހަމައަށް ނިންމާލެވިފައި،" ޑީއެމްޑީ ލަމްއާން ވިދާޅުވިއެވެ.

Advertisement

Advertisement 1

އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ސިލްސިލާ ޓްރަޔަލްތަކެކެވެ. އެމްއޭސީއެލްގެ މުވައްޒަފުންނާއެކު ކުރިއަށް ގެންދާ މި ޓްރަޔަލްތަކުގައި އާ ޓާމިނަލްގައި ބޭނުންކުރާ ހުރިހާ ސިސްޓަމްތަކާއި މެޝިނަރީޒްތަކުގެ އެންމެ ފަހުގެ ޓެސްޓުތައް ދަނީ ހަދަމުންނެވެ. މީގެ އިތުރުން، އަލިފާނުގެ ހާދިސާއެއް މެދުވެރިވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ އެކްސަސައިޒެއްވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

އެމްއޭސީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

1 ދުވަސް ކުރިން - 19:52

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

7 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

10 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

10 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

12 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

17 ދުވަސް ކުރިން - 16:50