ރަޝިއާއިން ޔޫކްރޭނަށް 426 ޑްރޯނާއި 24 މިސައިލުން ހަމަލާދީފިއެވެ. މި ހަމަލާގައި އާންމުންގެ ދެ މީހުން މަރުވެ، ކުޑަކުއްޖަކު ހިމެނޭގޮތަށް 15 މީހުން ޒަޚަމް ވެއްޖެ ކަމަށް ޚަބަރު ލިބެއެވެ.
މިހާރު ދެމުންދާ ހަމަލާ ތަކަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ދެއްވާފައިވާ 50 ދުވަހުގެ ސުލްހައިގެ އިންޒާރާއި ހަތިޔާރުގެ އެހީ އާއި ގުޅޭގޮތުން އިނގިރޭސިވިލާތާއި ޖަރުމަނުން ރިޔާސަތު ބަލަހައްޓާ ނޭޓޯގެ މުހިންމު ބައްދަލުވުމެއް މިއަދު ބާއްވާތީ އެކަމަށް ދޭ ރައްދެއްގެ ގޮތުގައި މުހައްލިލުން ސިފަ ކުރެއެވެ.
ރަޝިއާއިން މިވަގުތުވެސް ދަނީ ކިއޭވް އަށް ޑްރޯނުން ޙަމަލާ ދެމުންނެވެ.
ރޭ ފަތިހުއްސުރެ ދެމުންދާ ޙަމަލާތައް އަމާޒުކުރަނީ ޢުމްރާނީ ވަޞީލަތްތަކަށެވެ.









