Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވިޔަފާރިތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ އިންސައްތަ ބޮޑުކުރަން ނިންމައިފި

ވިޔަފާރިތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ އިންސައްތަ ބޮޑުކުރަން ނިންމައިފި

މުހައްމަދު ޖަމްޝަތު
405 ދުވަސް ކުރިން - 22 ޖުލައި 2025 11:25
މަރުކަޒީ ބޭންކް. ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އިންސައްތަ ބޮޑުކުރަން މިހާރު ވަނީ ނިންމާފައި----
މަރުކަޒީ ބޭންކް. ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އިންސައްތަ ބޮޑުކުރަން މިހާރު ވަނީ ނިންމާފައި----
ޚުލާސާ

މި ބަދަލު އަންނާނީ މި ހަފްތާއިން ފެށިގެން. މިއާއެކު ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު 40 ޕަސެންޓަށް އިތުރުވުމަށް މަގުފަހިވާނެ

ވިޔަފާރިތަކުން ބޭރުން މުދާގެނައުމަށް ފައިސާދައްކަން ޓީޓީ ހެދުމަށާއި އެލްސީ ޕޭމަންޓުތަކަށް ބޭންކުތަކަށް ދޫކުރާ އެމެރިކާ ޑޮލަރުގެ އަދަދު 10 ޕަސެންޓަށް ބޮޑު ކުރުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމައިފި އެވެ. 

މި ހަފްތާއިން ފެށިގެން މި ބަދަލު ގެންނަން މަރުކަޒީ ބޭންކުން ނިންމިއިރު، މި ބަދަލާ ގުޅިގެން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު 40 ޕަސެންޓަށް އިތުރުކުރުމަށް މަގުފަހިވެގެން ދާނެ އެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ 60 ޕަސެންޓުން 90 ޕަސެންޓަށް ވަނީ މަތިކޮށްފަ އެވެ. ނަމަވެސް އެމްއެމްއޭއިން ހަމާކުރާ ގޮތުގައި، ބޭންކުތަކުން އިތުރަށް މާރުކުރާ މި 30 ޕަސެންޓް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ.

Advertisement

Advertisement 1

މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުންކަމުގައި އެމްއެމްއޭއިން ހާމަކުރެ އެވެ.

އެމްއެމްއޭއިން އިން ބޭންކުތަކަށް އަނބުރާ ދެވޭ 30 ޕަސެންޓް ބޭނުންކުރަނީ ވަކި ކަންކަމެއްގަ އެވެ. އެގޮތުން، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރެވެ އެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެ އެވެ.

ފޮރިން އެކްސްޖޭންޗް ގާނޫނަށް ގެނައި ބަދަލާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 ޕަސެންޓް ގައި ކަމަށް އެމްއެމްއޭއިން ހާމަކުރި ތަފާސް ހިސާބުތަކުން ހާމަވެއެވެ. ނަމަވެސް މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓް ބޮޑުކުރުމެވެ.

ވިޔަފާރިއެމްއެމްއޭ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭރު ފައިސާއަކީ ވަކި މީހެއްގެ އެއްޗެއް ނޫން، އެއީ ދައުލަތުގެ މިލްކެއް – އިބްރާ

"ބޭރު ފައިސާއަކީ ވަކި މީހެއްގެ އެއްޗެއް ނޫން، އެއީ ދައުލަތުގެ މިލްކެއް!"

1 ދުވަސް ކުރިން - 19:55

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

3 ދުވަސް ކުރިން - 11:46

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

6 ދުވަސް ކުރިން - 11:40

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

7 ދުވަސް ކުރިން - 14:50

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

7 ދުވަސް ކުރިން - 13:54

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި

8 ދުވަސް ކުރިން - 18:51