Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާ ޓާމިނަލް ހުޅުވުމަށް ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދުކުރަނީ

އާ ޓާމިނަލް ހުޅުވުމަށް ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދުކުރަނީ

އާނާ ފަހީމް
406 ދުވަސް ކުރިން - 21 ޖުލައި 2025 16:18
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރުވުން/ ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރުވުން/ ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ވީއައިއޭގެ އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، މި ރަސްމިއްޔާތާ ދިމާކޮށް އެއާޕޯޓުގެ ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދުކުރުމަށް ނިންމައިފި.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތާ ދިމާކޮށް، އެއާޕޯޓުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ދޮޅުގަޑިއިރަށް ބަންދުކުރުމަށް ނިންމައިފިއެވެ. މި މަހުގެ 26 ވަނަ ދުވަހު ބާއްވާ މި ރަސްމިއްޔާތަށް ހާއްސަކޮށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ވަނީ މި އިންތިޒާމް ހަމަޖައްސާފައެވެ.

އެމްއޭސީއެލް އިން ވިދާޅުވެފައިވާ ގޮތުގައި، އާ ޓާމިނަލް ހުޅުވާ ރޭ 8:30 އިން ފެށިގެން ރޭގަނޑު 10:00 ޖެހުމާ ހަމައަށް ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުވާނެ އެވެ. މި މުއްދަތަކީ ޖުމްލަ އެއްގަޑިއިރާއި ބައިގެ މުއްދަތެކެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް، މި މަހުގެ 26 ގައި މި ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވާއިރު، މި ރަސްމިއްޔާތަކީ ވަރަށް ކުލަގަދަ އަދި ތާރީޚީ ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމަށް އެމްއޭސީއެލް އިން ވަނީ ނިންމާފައެވެ. މިހާރުވެސް އެއާޕޯޓް ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

Advertisement

Advertisement 1

މި ޓާމިނަލަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރޫއެވެ. ޒަމާނީ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބިޔަ އަދި އެންމެ މުހިންމު މަޝްރޫއުކަމަށް މި ޓާމިނަލްވަނީ ވެފައެވެ.

ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު މި ޓާމިނަލް ހުޅުވިގެންދިޔުމަކީ ދިވެހިރާއްޖޭގެ މުޅި އިގްތިސާދަށް، ޚާއްސަކޮށް ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ކަމެއް ކަމަށް ބެލެވެ އެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް މި ޓާމިނަލް އިން އިންގިލާބީ ބަދަލުތަކެއް ގެންނާނެކަމަށް އުންމީދު ކުރެވެ އެވެ.

އެމްއޭސީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

1 ދުވަސް ކުރިން - 19:52

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

7 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

10 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

10 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

12 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

17 ދުވަސް ކުރިން - 16:50