ގިނަ ޢަދަދެއްގެ މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދަނީ

ޢަބްދުﷲ ޖުނައިދު | 92 ދުވަސް ކުރިން - 20 ޖުލައި 2025 17:22
ކުއްލި ޚަބަރު: ގިނަ ޢަދަދެއްގެ މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދަނީ
ކުއްލި ޚަބަރު: ގިނަ ޢަދަދެއްގެ މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދަނީ
ޚުލާސާ

އިންޑޮނޭޝިއާގައި 500 އަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ‘ބާސެލޯނާ” ފެރީގައި ރޯވެ 130 މީހުން ގެއްލިއްޖެ.



500 އަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި ފެރީން އެއްބަޔަކު ކަނޑުގައި ލައިފްޖެކެޓާއެކު (ވީޑިއޯ ގްރޭބް)

އިންޑިނޭޝިއާގައި 500 އަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ފެރީއެއްގައި ރޯވެއްޖެއެވެ.

މިހާތަނަށް 3 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބޭއިރު 130 މީހުން ވަނީ ގެއްލިފައެވެ. ބޯޓުގައި ރޯވުމާއެކު 18 މީހުން ވަރަށް ބޮޑަށް ފިހިފައި ވާކަމަށް ޚަބަރު ލިބެއެވެ. އަނެއްކޮޅުން، ފެރީން ފުންމައިލި ގިނަ ބަޔަކު އަދިވެސް ނުފެނެއެވެ.

ކަނޑަށް ފުންމައިލި މީހުން ސަލާމަތް ކުރުމަށް އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން މިވަގުތު ދަނީ މަސައްކަތް ކުރަމުންނެވެ.

ރޯވެ އަނދަމުންދާ ފެރީގައި ބާސެލޯނާގެ ލޯގޯ: މި ފެރީ އާއި ސްޕެއިންގެ ބާސެލޯނާ ފުޓުބޯޅަ ކުލަބާއި ގުޅުމެއް ނެތް. (ވީޑިއޯ ގްރޭބް)

“ކޭއެމް ބާސެލޯނާ ވީ” ގެ ނަމުން ނަން ދީފައިވާ މި ފެރީ އަކީ އިންޑޮނޭޝިއާއިން އޮޕަރޭތްކުރާ ފެރީއެކެވެ. މި ފެރީގައި ބާސެލޯނާގެ ލޯގޯ ޖަހާފައި ހުއްޓަސް، މި ފެރީ އާއި ސްޕެއިންގެ ބާސެލޯނާ ފުޓުބޯޅަ ޓީމާއި ގުޅުމެއް ނެތެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%