Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާގެ އެހީ ނުލިބިއްޖެނަމަ ހަމަސްތެރޭ ޔުކްރޭން އިނދަޖެހޭނެ: ޒެލެންސްކީ

އެމެރިކާގެ އެހީ ނުލިބިއްޖެނަމަ ހަމަސްތެރޭ ޔުކްރޭން އިނދަޖެހޭނެ: ޒެލެންސްކީ

ޖަވާދު
416 ދުވަސް ކުރިން - 20 ޖުލައި 2025 17:06
ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ޑިމާންޑް ކުރަނީ މަދުވެގެން އިތުރު 10 ޕެޓްރިއޮޓް މިސައިލް ސިސްޓަމް.
ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ޑިމާންޑް ކުރަނީ މަދުވެގެން އިތުރު 10 ޕެޓްރިއޮޓް މިސައިލް ސިސްޓަމް.
ޚުލާސާ

ޔުކްރޭނަށް މަދުވެގެން އިތުރު ދިހަ ޕެޓްރިއޮޓް މިސައިލް ސިސްޓަމް ދިނުމަށާއި، އެމެރިކާގެ އެހީ ނުލިބުއްޖެނަމަ ހަމަސްތެރޭ ޔުކްރޭނު އިނދަ ޖެހޭނެ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ.

އެމެރިކާގެ އެހީ ނުލިބިއްޖެނަމަ ޔޫކްރޭނަށް ހަ މަހަށްވުރެ ގިނަ ދުވަހު ދިރިނުހުރެވޭނެ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ފަރާތުން ޒެލެންސްކީ މިހާރު އެދެނީ މަދުވެގެން އިތުރު ދިހަ ޕެޓްރިއޮޓް މިސައިލް ސިސްޓަމް ދިނުމަށެވެ. މިހާރުވެސް ޔޫރަޕްގެ ޤައުމުތަކުން ދީފައިވާ 6 ސިސްޓަމް ޔުކްރޭނުގައި އެބަހުއްޓެވެ.

އެމެރިކާއިން މީގެ ކުރިން ބުނެފައިވަނީ ރަޝިޔާ އާއި ދެކޮޅަށް ޔުކްރޭނަށް އެހީތެރި ނުވާނެ ކަމަށެވެ. ނަމަވެސް، އެ ނިންމުން ބަދަލުކުރައްވައި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ނޭޓޯގެ ޤައުމުތަކުން އަގު ދައްކާ މަތިން ޔުކްރޭނަށް އިތުރު ޕެޓްރިއޮޓް ސިސްޓަމް ތައް ލިބޭނެ މަހު ފަހިކޮށްދޭނެ ކަމަށެވެ.

Advertisement

Advertisement 1

މި ހަތިޔާރުތައް އެމެރިކާއިން ފޮނުވާނީ ޖަރުމަނު، ނޯވޭ، ޑެންމާކް، ސްވިޑެން، ފިންލޭންޑް، އިނގިރޭސިވިލާތް، ކެނެޑާ، އަދި ނެދަލެންޑްސް އަށެވެ. އޭގެ ފަހުން އެ ޤައުމުތައް ކިއެވްއަށް މިތަކެތި ގެންދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔޫކްރޭންގެ އިރުމައްޗާއި ދެކުނުގައި ރަޝިޔާގެ ޙަމަލާތައް ވަރުގަދަ ކުރަމުންދާއިރު، ކައުންސިލް އޮން ފޮރިން ރިލޭޝަންސް އިން ބުނާ ގޮތުގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރޭނަށް އަރައިގަތް ފަހުން އެމެރިކާއިން ވަނީ ޔޫކްރޭނު ސަރުކާރަށް 128 ބިލިއަން ޑޮލަރުގެ އެހީ ދީފައެވެ. އޭގެފަހުން މިދިޔަ އަހަރު ކުއްލި ހާލަތުގައި ޖުމްލަ 182.8 ބިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ.

ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އަކީ ޔޫކްރޭނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ޤައުމެވެ. އެގޮތުން ޔޫކްރޭންގެ ދިފާޢީ ޤާބިލްކަން އިތުރު ކުރުމަށް އެމެރިކާ އިން ދަނީ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތަކާއި، އެމް1 އެބްރަމްސް ޓޭންކްތަކާއި، ހިމާސް ރޮކެޓް ލޯންޗަރތައް ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. އަދި ރަޝިއާއަށް ދަތިކުރުމުގެ ދިޔަވަޅުތައް އަޅައި ރަޝިއާގެ އެތައް ބިލިއަން ރުބެލް އެއް ވަނީ ހިފަހައްޓައި އިޤްތިޞަދީ ގޮތުން ދަތި ކޮށްފަ އެވެ. ނަމަވެސް އެމެރިކާ އާއި ޔޫރަޕުން ހީކުރި ގޮތާއި ޚިލާފަށް ރަޝިއާގެ ބާރު ދަނީ ގަދަ ވަމުންނެވެ.

ރަޝިއާ - ޔުކްރޭންޒެލެންސްކީއެމެރިކާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

5 ގަޑިއިރު ކުރިން - 13:34

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

7 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

4 ދުވަސް ކުރިން - 22:32

ޔުކްރޭނުގެ އެންމެ ބާރުގަދަ ދެޖާސޫސީ އިދާރާގެ ދެމެދުގައި ހަމަލާ ބަދަލުކޮށްފި

ޔުކްރޭނުގެ އެންމެ ބާރުގަދަ ދެޖާސޫސީ އިދާރާގެ ދެމެދުގައި ހަމަލާ ބަދަލުކޮށްފި

5 ދުވަސް ކުރިން - 14:42

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

9 ދުވަސް ކުރިން - 16:37

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%