މަޝްހޫރު ފުޓްބޯޅަ ތަރި މައިކަލް އޯވެން އާއެކު ރާއްޖޭގައި ކުޑަކުދިންގެ ފުޓްބޯޅަ ކޭމްޕެއް

އާނާ ފަހީމް | 91 ދުވަސް ކުރިން - 19 ޖުލައި 2025 18:14
މައިކަލް އޯވެން ރާއްޖޭގައި/ ފޮޓޯ: އަވާނީ ޕްލަސް ފަރެސް ރިސޯޓް
މައިކަލް އޯވެން ރާއްޖޭގައި/ ފޮޓޯ: އަވާނީ ޕްލަސް ފަރެސް ރިސޯޓް
ޚުލާސާ

ރެއާލް މެޑްރިޑާއި ލިވަޕޫލް ފަދަ ކްލަބްތަކަށް ކުޅެފައިވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައިކަލް އޯވެން އާއެކު، ރާއްޖޭގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ފުޓްބޯޅަ ކޭމްޕެއް ބާއްވަން ހަމަޖެހިއްޖެ.

އިނގިރޭސި ސްޓްރައިކާ އަދި ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ލިވަޕޫލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައިކަލް އޯވެން އާއެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއް ބާއްވަން ހަމަޖެހިއްޖެއެވެ. ކުޑަކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މި ފުޓްބޯޅަ ކޭމްޕަކީ އަވާނި ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓުން އިންތިޒާމުކޮށްގެން އެ ރިސޯޓުގައި ބާއްވާ ކޭމްޕެކެވެ. މިއީ އެ ރިސޯޓުން ކުޑަކުދިންނަށް އިންތިޒާމުކުރާ މިފަދަ ފުރަތަމަ ފުޓްބޯޅަ ކޭމްޕުކަން ފާހަގަކޮށްލެވެއެވެ.

މި ކޭމްޕް ބޭއްވުމުގެ ބޭނުމަކީ، ފުޓްބޯޅައިގެ ހުނަރުތަކާއި އުކުޅުތައް ކުޑަކުދިންނަށް ދަސްކޮށްދިނުމެވެ. އޯވެންގެ ބައިވެރިވުމާއެކު، ކުޑަކުދިންނަށް ފުޓްބޯޅައިގެ ދުނިޔޭގައި އިތުރު ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ކޭމްޕް އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 20 އިން 24 އަށެވެ.

މި ފުޓްބޯޅަ ކޭމްޕަކީ 4 އަހަރުން ފެށިގެން 15 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ކޭމްޕެކެވެ. އޯވެން އަކީ އޭނާގެ ކެރިއަރުގައި ލިވަޕޫލް، ރެއާލް މެޑްރިޑް، ނިއުކާސަލް ޔުނައިޓެޑް، މެންޗެސްޓާ ޔުނައިޓެޑް އަދި ސްޓޯކް ސިޓީ ފަދަ މަޝްހޫރު ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި 2001 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ "ބެލަންޑިއޯ އެވޯޑް" ވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%