ސީރިއާގެ ދެކުނުގެ ޙާލަތު ކުއްލިޔަކަށް ގޯސްވެ ގެތަކުގައި ހުޅު ޖަހަން ފަށައިފިއެވެ.
މި ހަމަލާތައް ދޭން ފެށީ ޔަހޫދީންނާއި ގުޅުން އޮންނަ ދުރޫޒީންނާއި ދެކޮޅަށް ހަނގުރާމަ ކުރުން ހުއްޓާލިކަން އިޢުލާންކޮށް އެމީހުންނަށް ބާރު ދިންތާ މަދު ގަޑިއިރުތަކެއްގެތެރޭގައެވެ.
މިބަގުތުގެ ޙާލަތަށް ބަލާއިރު އިސްރާއީލުގެ ސިފައިން އިސްރާއީލުގެ ދިދަތަކާއެކު އަސްކަރީ ވެހިކަލް ތަކުގައި ސީރިއާގެ ދެކަނަށް ވަނީ ވަދެގެންފައެވެ.
އިސްރާއީލުގެ ސިފައިން ދްރޫޒީންގެ މަރުޙަބާ ކިޔުން ތަކާއެކު ސީރިއާގެ ބިމަށް ވަންނަނީ (ވީޑިއޯ ގްރޭބް)
މިކަން ދިމާވީ މިއަދު ސީރިއާގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު އިސްރާއީލަށް އިންޒާރު ވެސް ދީފައި ވަމިކޮށެވެ. އެގޮތުން ހަނގުރާމަ ކުރާކަށް ސީރިއާ ސަރުކާރު ޖެހިލުމެއް ނުވާ ކަމަށާއި، ޣައްޒާ ސުންނާފަތި ކޮށްލުމަކީ އަދި އިސްރާއީލުގެ ގަދަކަން ނޫންކަމަށް ބުނެ ނުސީދާކޮށް ސީރިއާގެ ރައީސް ވަނީ އިސްރާއީލަށް ފާޑު ވިދާޅުވެފައެވެ. ހަމައެހެންމެ އޭނާ ވަނީ މިއަދު ދްރޫޒީން ދިރިއުޅޭ ސުވެއިދާ ސަރަޙައްދުގައި ތިބި ސީރިއާގެ ސަލާމަތީ ބާރުތަކުން ވެސް އެތަނުން ނެރެ، އެ ސަރަޙައްދުގެ އަމާންކަން ބެލެހެއްޓުމަށް ދްރޫޒީންނާއި ޙަވާލުކޮށްފައެވެ. އޭގެ މަދު ގަޑިއިރުތަކެއް ނުވަނީސް މިހާރު ޙާލަތު މުޅިން ބަދަލުވެއްޖެއެވެ. ދްރޫޒީންގެ މަރުހަބާ ކިއުންތަކާއެކު އިޒްރޭލުގެ ސިފައިންގެ ގިނަ އަދަދެއްގެ ސިފައިންތަކެއް ސޫރިއާގެ ސަރަހައްދަށް ވަނީއެވެ.
މިހާރު ކުރިޔަށްދާ ލާއިންސާނީ އަނިޔާތަކުގައި ޝަހީދުކޮށްލާފައިވާ ބައެއް މީހުން / ފޮޓޯ: އޭއެފްޕީ
ސީރިޔާގެ ސިފައިންނާއި ސަލާމަތީ ބާރުތައް ސްވެއިދާއިން މުޅިން ނުކުމެފައި ވާއިރު، އެސް.އެން.އޭ މިލިޝިއާއިން މިހާރު ވަނީ އެނބުރި އައިސް ސްވެއިދާ ސިޓީގެ ކޮންޓްރޯލް ނަގާފައި ކަމަށް ޚަބަރު ލިބެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި މިހާރު މިލިޝިއާތަކުން ދަނީ ހަތިޔާރާއި އެކު ސްވެއިދާ ސިޓީއަށް އަތްގަދަކޮށް، ސީރިޔާގެ މުސްލިމު ބަދަވީންގެ ގެދޮރުތައް އަންދަން ފަށާފައެވެ. މަހުތައްމަތީ އެތައް މުސްލިމު ބަދަވީންގެ ފުރާނަ ނެތް ހަށިތަކާއި އަނިޔާވި މީހުން އަތުރާފައި އެބަތިއްބެވެ.