ރޭ ޣިރާޤުގެ ޝޮޕިންގް މޯލެއްގައި ރޯވެ މަދުވެގެން 50 މީހުން މަރުވެ، އެތައް ބަޔަކު ގެއްލި އަދި ޒަޚަމްވެއްޖެ ކަމަށް ޚަބަޜު ލިބިއްޖެއެވެ.
ޣިރާޤުގެ ވަސީތު ޕްރޮވިންސުގެ ކޫތު ޓީގައި ހުންނަ މި ޝޮޕިންގ މޯލަކީ ވަރަށް ފަހުން ހުޅުވި ތަނެކެވެ. އެ މޯލްގައި ރޭ އެންމެ ފުރަތަމަ ރޯވެފައިވަނީ ފުރަތަމަ ފަންގިފިލާގައި ކަމަށް ޣިރާޤުގެ ޚަބަރުތައް ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު އެ ސަރަޙައްދުގެ ގަވަރުނަރު އަލް-މިޔާހީ ވަނީ ގިނަ އަދަދެއްގެ މީހުން މަރުވެ އަދި ގެއްލިފައިވާތީ ޝޮޕިންގ މޯލާއި ޢިމާރާތުގެ ވެރިފަރާތުގެ މައްޗަށް ދަޢުވާ ކުރަން އަންގައި މައްސަލައިގެ ތަޙުޤީޤު ނިންމައި 48 ގަޑިއިރު ތެރޭގައި ތަހުގީގުގެ މުޅި ނަތީޖާ އިއުލާނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޣިރާޤުގައި މިއަހަރު މިހާތަނަށް 500 އަށްވުރެ ގިނަ އަލިފާނުގެ ހާދިސާތައް ހިނގާފައި ވެއެވެ.