ޞުލްޙައިގެ ޝަރުޠުތައް ކަނޑައަޅާނީ ރަޝިއާއިން: ޕޫޓިން

ޖަވާދު | 2 ދުވަސް ކުރިން - 15 ޖުލައި 2025 13:11
ރަޝިއާގެ ރައީސް ޕޫޓިން / ފޮޓޯ: ބީ.ބީ.ސީ
ރަޝިއާގެ ރައީސް ޕޫޓިން / ފޮޓޯ: ބީ.ބީ.ސީ
ޚުލާސާ

ޙަޤީޤީ މަޝްވަރާ ކުރެވޭނީ ޔުކްރޭނަށް ހަތިޔާރު ދިނުން ހުއްޓާލައިގެން ކަމަށާއި، ޞުލްޙައިގެ ޝަރުޠުތައް ކަނޑައަޅާނީ ރަޝިއާ އިން ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެ.

ޔުކްރޭނާއި ދެކޮޅަށް މިހާރު ދެމުންދާ ޙަމަލާ ތަކުގައި ރަޝިޔާ އަދިވެސް ބޭނުން ވަނީ ސުލްހަ ކަމަށާއި، ޝަރުޠު ތައް ކަނޑައަޅާނީ ވެސް ރަޝިޔާ އިން ކަމަށް އެޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ. ޕޫޓިން މިހެން ވިދާޅުވީ، 50 ދުވަސްތެރޭ ޞުލްޙަ ޤާއިމްނުކޮށްފި ނަމަ ރަޝިއާ އާއި އެޤައުމުގެ ބައިވެރިން އެކްސްޕޯޓްކުރާ ތަކެތި އެމެރިކާއިން ބަލައިގަންނާނީ 100 ޕަސެންޓުގެ ޓެރިފަކާއި އެކުގައި ކަމަށް ބުނެ އެމެރިކާގެ ރައީސް ވިދާޅުވި ވިދާޅުވުމަކާއި ގުޅިގެންނެވެ.

ނޭޓޯ މެދުވެރިކޮށް ޔުކްރޭނަށް ހަތިޔާރު ފޮނުވުމަށް ޓްރަމްޕް އިޢުލާން ކުރައްވާފައި ވާތީ ކްރެމްލިން ޗެނަލްތަކުން ވާހަކަ ދައްކަވަމުން ޕޫޓިންގެ ސަރުކާރުން ވަނީ ޙަޤީޤީ މަޝްވަރާއެއް ފެށުމުގެ ކުރިން ހުޅަނގުން ޔޫކްރޭނަށް ހަތިޔާރު ޑެލިވަރީ ކުރުން ހުއްޓާލަން ޖެހޭ ކަމަށް ތަކުރާރުކޮށް ޑިމާންޑް ކުރައްވާފައެވެ.

ޓްރަމްޕް ވަނީ ނޭޓޯގެ ޤައުމުތައް މެދުވެރިކޮށް އެމެރިކާއިން ޔޫކްރޭނަށް "ޓޮޕް އޮފް ދަ ލައިން" ހަތިޔާރު ފޮނުވާނެ ކަމަށް އިއުލާން ކުރައްވާފައެވެ. އޭގެ ތެރޭގައި ޕެޓްރިއޮޓް މިސައިލް ސިސްޓަމްތަކާއި ވަޒަންތައް ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%