އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 14 ޖުލައި 2025 14:38
ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގާފައިވަނީ މާފަންނު ބަސް ޓާމިނަލް ކައިރީގައި. / ފޮޓޯ: ޚުލާސާ
ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގާފައިވަނީ މާފަންނު ބަސް ޓާމިނަލް ކައިރީގައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް. އަދި 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ ވޯޑުގައިކަމަށް އައިޖީއެމްއެޗުން ބުނި.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓީލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ކަފިހި ހުރަސްމަތިން ހުރަސްކުރި މީހެއްގެ ގައިގައި، ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އުރިގެން ގޮސް ކުރިމަތިން އިރުން ހުޅަނގަށް ދުއްވާފައިދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 20:17 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި 16 އަހަރާއި 17 އަހަރުގެ ކުއްޖަކަށް ވެސް އަނިޔާވެފައިވާއިރު، 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ.

ނިޔާވެފައިވަނީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ.

އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށާއި، އޭނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ ވޯޑުގައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%