14 ރަށެއްގައި އާންމު ހިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރަނީ

އަހްމަދު އީޒާން | 3 ގަޑިއިރު ކުރިން - 14 ޖުލައި 2025 15:57
ޕަބްލިކް ވޯކްސް މިނިސްޓްރީގެ ބައްދަލުވުން ކުރިއަށް ގެންދަނީ / ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
ޕަބްލިކް ވޯކްސް މިނިސްޓްރީގެ ބައްދަލުވުން ކުރިއަށް ގެންދަނީ / ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
ޚުލާސާ

މިނިސްޓްެރީން ބުނީ އެ ރަށްރަށް ކަނޑައެޅުމުގައި އާންމު މިންގަނޑެއް ކަމަށް ބަލާފައި ވަނީ އަތޮޅުތަކުގެ އަތޮޅު ކައުންސިލްތައް ހިންގާ ރަށްރަށަށް ކަމަށް.

ރާއްޖޭގެ 14 ރަށެއްގައި އާންމު ހިދުމަތްދޭ ޔުނިޓްތައް ގާއިމުކުރަން ޕަބްލިކް ވޯކްސް މިނިސްޓްރީން ނިންމައިފި އެވެ.

ޕަބްލިކް ވޯކްސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން, ރަށްރަށުގެ މަގުތައް މަރާމާތުކުރުމާއި ވެލިމަގު ހެދުމާއި އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދަންޖެހޭ މަގުތައް ހެދުމަށް ނަގަންޖެހޭ ރުއްގަސްތައް ނެގުމާއި ޗަކަ ބިންތަކަށް ވެލިއަޅައި ބިންގަނޑު އެއްވަރުކުރުމާއި ކާނުތައް ސާފުކުރުން ކަހަލަ އާންމު ހިދުމަތް ދިނުމަށް އިންތިޒާމުތައް ހަމަޖެހިފައިވާ ނެތް އަތޮޅުތަކުގައި އާންމު ހިދުމަތްދޭ ޔުނިޓްތައް ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްެރީން ބުނީ އެ ރަށްރަށް ކަނޑައެޅުމުގައި އާންމު މިންގަނޑެއް ކަމަށް ބަލާފައި ވަނީ އަތޮޅުތަކުގެ އަތޮޅު ކައުންސިލްތައް ހިންގާ ރަށްރަށަށް ކަމަށެވެ.

އާންމު ހިދުމަތް ދޭ ޔުނިޓްތައް ގާއިމުކުރަން ނިންމި ރަށްތަކަކީ ހއ. ދިއްދޫ, ށ. ފުނަދޫ, ނ. މަނަދޫ, ބ. އޭދަފުށި, ޅ. ނައިފަރު, ކ. ތުލުސްދޫ, އއ. މަހިބަދޫ, ވ. ފެލިދޫ, މ. މުލި, ފ. ނިލަންދޫ, ދ. ކުޑަހުވަދޫ, ތ. ވޭމަންޑޫ އަދި ގއ. ވިލިނގިއްޔެވެ.

މިނިސްޓްރީން ބުނީ ސަރުކާރުގެ އެ ނިންމުމާ ގުޅިގެން އާންމު ހިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރުމަށް ބޭނުންވާ މީހުންނާއި ވަސީލަތްތައް ހޯދުމުގެ އިދާރީ މަސައްކަތް ކުރާނެ ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%