މާލެ ސަރަހައްދުގައި ބައިލައްކަ އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

މަރްޔަމް މާޙީ | 10 ގަޑިއިރު ކުރިން - 12 ފެބްރުއަރީ 2026 16:50
މިދިޔަ އަހަރުގެ ރޯދަ މަހު މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިފްކޯއިން ކުރަނީ.-- ފޮޓޯ:މިހާރު
މިދިޔަ އަހަރުގެ ރޯދަ މަހު މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިފްކޯއިން ކުރަނީ.-- ފޮޓޯ:މިހާރު
ޚުލާސާ

ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރަމުން އަންނަ މަސްދަޅު ކޭހުގެ ތެރެއިން ރޭގެ ނިޔަލަށް 53,308 މަސްދަޅު ކޭސް ބަހައިފި

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޫކުރަމުން އަންނަ މަސްދަޅު ކޭހުގެ ތެރެއިން ރޭގެ ނިޔަލަށް 53,308 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް އިން ހާމަކޮށްފިއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މަސްދަޅު ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ފަށާފައިވާއިރު, ރޭގެ ނިޔަލަށް މި މަސައްކަތް ވަނީ ނިންމާލައިފައެވެ. އެހެންނަމަވެސް މިހާތަނަށް މަސްދަޅު ކޭސް ނުލިބޭ ފަރާތެއްވާނަމަ, އެ ފަރާތަކަށް މުލަ ރޯދަ ދުވަހާއި ހަމައަށް މިފްކޯ އިން މަސްދަޅު ކޭސް ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން މިފްކޯއިން މަސްދަޅުކޭސް ދޫކުރާނީ ރޭގަނޑު 8:30 އިން 11:00 އަށެވެ.

މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 118،773 ގޭބީސީއަކަށެއެވެ. އެއީ މާލޭގެ 61،755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56،918 ގޭބީސީއަކަށެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18 ވަނަ ދުވަހެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%