.މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މި މީހާ ފެނިފައި ވަނީ މއ. ސައިނޯސާ ގެއިންނެވެ. މަރުވެފައި އޮއްވައި ފެނުނީ ދިވެހި ފިރިހެނެކެވެ.
އޭނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގެ އެވެ. ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
މަރުވެފައި އޮއްވައި ފެނުނު މީހާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.