Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ހައްޖަށް ދައްކާ ފައިސާއިން ޙައްޖު ކޯޕަރޭޝަނުން ޒަކާތް ދައްކަން ޖެހޭ: ފަތުވާ މަޖިލިސް

އަައިޝަތު ޒީނާ
458 ދުވަސް ކުރިން - 13 ޖުލައި 2025 13:24
ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިއަހަރު ޙައްޖަށްދިޔަ ދިވެހި ޙައްޖުވެރިންތަކެއް. / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިއަހަރު ޙައްޖަށްދިޔަ ދިވެހި ޙައްޖުވެރިންތަކެއް. / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ޚުލާސާ

ޢާންމު ރައްޔިތުން ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް ފަތުވާ މަޖިލީހުން ވަނީ ނިންމާފައި.

ހައްޖަށް ދައްކާ ފައިސާއިން ހައްޖު ކޯޕަރޭޝަނުން ޒަކާތް ދައްކަން ޖެހޭނެ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

އިސްލާމި ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ނެރުނު ފަތުވާގައި ބުނީ ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް، ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭ ގޮތުން އެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ޙައްޖު ކޯޕަރޭޝަނުން ފަތުވާ މަޖިލީހަށް ދިން މަޢުލޫމާތުގެ އަލީގައި، މަޖިލީހުގެ މެންބަރުން އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައިވަނީ އާންމު ރައްޔިތުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް ފަތުވާ މަޖިލީހުން ބުންޏެވެ.

Advertisement

Advertisement 1

ހައްޖަށް ދިއުމުގެ ޖާގަ ކިއުއިން، ޖާގަ ރިޒާވްކޮށް ލިސްޓުގައި ހިމެނެނީ ޙައްޖަށް ދިއުމަށް އެކައުންޓް ހުޅުވުމުން އެ އެކައުންޓުގެ ވެރިފަރާތުން އެއިރެއްގައި ކަނޑައަޅާފައިވާ ހައްޖުގެ އަގުގެ %75 ހަމަކުރުމުންނެވެ.

ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނުން މިހާރު ކަނޑައަޅާފައިވާ އަގަކީ 69،965 ރުފިޔާއެވެ.

މީގެ އިތުރުން، ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށްވާއިރު، ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މިންވަރުވެސް ބަދަލުވެ އެވެ.

މިހާރު ރާއްޖޭގައި ޒަކާތުގެ ނިސާބަކީ 9،264.15 ރުފިޔާއެވެ.

ފަތުވާ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"އެމްޑީޕީގައި ތިބީ ކާފަރުންކަމަށް ބުނުމުގެ ހައްގު އެބައޮތްތޯ؟"

"އެމްޑީޕީގައި ތިބީ ކާފަރުންކަމަށް ބުނުމުގެ ހައްގު އެބައޮތްތޯ؟"

279 ދުވަސް ކުރިން - 17:17

މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ސުތުރާތައް ނަގަނީ

މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ސުތުރާތައް ނަގަނީ

293 ދުވަސް ކުރިން - 18:32

"ދިރޭ ތަކެތީގެ ސިފައިގައި މޮނުއުމެންޓް ހެދުމަކީ ހަރާމްކަމެއް"

"ދިރޭ ތަކެތީގެ ސިފައިގައި މޮނުއުމެންޓް ހެދުމަކީ ހަރާމްކަމެއް"

301 ދުވަސް ކުރިން - 23:14

އިސްތަށީގައި ކަޅުކުލަ ޖެއްސުން ހުއްދަ: ފަތުވާ މަޖިލިސް

އިސްތަށީގައި ކަޅުކުލަ ޖެއްސުން ހުއްދަ: ފަތުވާ މަޖިލިސް

462 ދުވަސް ކުރިން - 15:04