Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަތުވާ ކޮމެޓީއަށް ރީކޯގެ ރައްދު؛ އެމްޑީޕީގައި ތިބީ ކާފަރުންކަމަށް ބުނުމުގެ ހައްގު އެބައޮތްތޯ؟

ފަތުވާ ކޮމެޓީއަށް ރީކޯގެ ރައްދު؛ އެމްޑީޕީގައި ތިބީ ކާފަރުންކަމަށް ބުނުމުގެ ހައްގު އެބައޮތްތޯ؟

މުޙައްމަދު ޖިނާން ހުސައިން ޖަބީން
187 ދުވަސް ކުރިން - 8 ޖެނުއަރީ 2026 17:17
ރީކޯ މޫސާމަނިކު. --- ފޮޓޯ: މަޖިލިސް
ރީކޯ މޫސާމަނިކު. --- ފޮޓޯ: މަޖިލިސް
ޚުލާސާ

ވަކިވަކި ފަރާތްތަކުން ފުލުހަށް ހާޒިރުކޮށް، ހައްޔަރުކޮށް، އަނިޔާކޮށް އަދި ބިރުދެއްކުމުގެ ކުރިން ފަތުވާ ކޮމެޓީން ފުންކޮށް ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ރީކޯ މޫސާ ބުނި

ފަތުވާ މަޖިލީހަށާއި ފުލުހުންނަށް އަމާޒުކޮށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު ވަރުގަދަ ސުވާލުތަކެއް ކުރިމަތިކޮށްފި އެވެ.

ރީކޯ މޫސާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވަކިވަކި ފަރާތްތަކުން ފުލުހަށް ހާޒިރުކޮށް، ހައްޔަރުކޮށް، އަނިޔާކޮށް އަދި ބިރުދެއްކުމުގެ ކުރިން ފަތުވާ ކޮމެޓީން ފުންކޮށް ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން، އެމްޑީޕީގައި ތިބީ ލާދީނީ ކާފަރުން ކަމަށް ބުނުމުގެ ހައްގު އެއްވެސް މީހަކަށް އެބައޮތްތޯ އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.

Advertisement

Advertisement 1
"އެއަށް ޖަވާބެއް ދެއްވުމަށް ފަތުވާކޮމެޓީ ތައްޔާރަށް އޮތިއްޔާ ފުލުހުން ހާމަކޮށް ތަހުގީގު ކުރައްވާ" --- ރިކޯ މޫސާ އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ބުންޏެވެ.

ރީކޯ މޫސާ މި މޭރުމުން ބުނެފައި މިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެމްޑީޕީގެ ދަނޑިކޮށި ޖަގަހާގައި ބޭއްވި ބައްދަލުވުމެއްގައި އިލްމުވެރިންނަށް ނިސްބަތްކޮށްގެން އޭނާ ދެއްކި ވާހަކަތައް ކުށްވެރިކޮށް އިލްމުވެރިންގެ ގުޅުމުން ބަޔާނެއް ނެރެފައިވަނިކޮށެވެ. އިލްމުވެރިންގެ ގުޅުމުން ނެރެފައިވާ ބަޔާނުގައި ބުނީ، އިލްމުވެރިންނަށް ނިސްބަތްކޮށްގެން އޭނާ ދެއްކި ވާހަކަތަކަކީ ވަރަށް ނުރައްކާތެރި އަދި ހައްސާސީ މައްސަލައެއް ކަމުގައި ދެކޭ ކަމަށެވެ.

ރީކޯ މޫސާ ދައްކާފައިވާ ވާހަކައަކީ އޭގެ ސަބަބުން ރާއްޖޭގައި އިސްލާމްދީނާއި ދިވެހިންގެ ދީނީ ވަހުދަތު ނެގެހެއްޓުމަށްޓަކައި އެންމެ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ދީނީ އިލްމުވެރިންނާ މެދު ނަފްރަތު އުފެއްދުމަށްޓަކައި ކޮށްފައިވާ ނޭއްގާނީ ދަށުދަރަޖައިގެ ނުރައްކާތެރި، ޒިންމާދާރުކަމެއް ނެތް އަމަލެއް ކަމުގައި ދެކޭ ކަމަށް އިލްމު ވެރިންގެ ގުޅުމުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރީކޯ މޫސާއިލްމުވެރިންގެ ގުޅުންފަތުވާ މަޖިލިސްމޯލްޑިވްސް ޕޮލިސް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

2 ގަޑިއިރު ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

12 ގަޑިއިރު ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

1 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

2 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

2 ދުވަސް ކުރިން - 19:09

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

3 ދުވަސް ކުރިން - 01:44