ދިރޭ ތަކެތީގެ ސިފައިގައި މޮނިއުމެންޓް ހެދުމާއި ބެހެއްޓުމަކީ ހަރާމް ކަމެއް: ފަތުވާ މަޖިލިސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 5 ގަޑިއިރު ކުރިން - 16 ޑިސެންބަރު 2025 23:14
ކ. ހުރާގައި ބަހައްޓާފައިވާ މާކަނާ މޮނިއުމެންޓް--- ފޮޓޯ: ހުރާ ކައުންސިލް
ކ. ހުރާގައި ބަހައްޓާފައިވާ މާކަނާ މޮނިއުމެންޓް--- ފޮޓޯ: ހުރާ ކައުންސިލް
ޚުލާސާ

މުހައްމަދުގެފާނު މައްކާ ފަތަހަކުރެއްވި ދުވަހު ބުދުތައް ނައްތާލުމަށް އަމުރުކުރެއްވި ކަމަށާއި، އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހުގައި ވެސް ސަހާބީން އެކަން އެގޮތަށް ކުރެއްވި ކަމަށް ފަތުވާގައި ފާހަގަކޮށްފައިވޭ

ދިރޭ ތަކެތީގެ ސިފައިގައި މޮނިއުމެންޓް ހެދުމާއި ބެހެއްޓުމަކީ އިސްލާމް ދީނުގައި ހަރާމްކަމެއް ކަމަށް ފަތުވާ މަޖިލީހުން ބުނެފި އެވެ.

މިކަމާ ގުޅިގެން ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާއެއްގައި ބުނީ، މުހައްމަދުގެފާނު މައްކާ ފަތަހަކުރެއްވި ދުވަހު ލާތު، އުއްޒާ އަދި މަނާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ސަހާބީން ފޮނުއްވި ކަމަށާއި، އެކަލޭގެފާނުގެ ސުވަރުގެ ވަޑައިގަތުމަށްފަހުގައި ވެސް އެ ބޭކަލުން އެފަދަ ތަކެތި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ ކަމަށެވެ.

ކުރީގެ ސާލިހު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ، އިލްމީ ފެންވަރު ދަށްވެ، މީސްތަކުން ތެދުމަގުން އެއްކިބާވުމުގެ ސަބަބުންކަން ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައިވާ ފާހަގަކޮށްފައި ވެއެވެ. މިކަމުގެ ނުރައްކާތެރިކަން ވަޒަންކުރެވި އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުއާކުރެއްވި ކަމަށް ވެސް ފަތުވާގައި ބުނެފައިވެ އެވެ.

ފަތުވާގައި ބުނެފައިވާ ގޮތުން، ގިޔާމަތް ދުވަހާ ކައިރިވުމުން މީސްތަކުން ބުދުތަކަށް އަޅުކަންކުރަން އަލުން ފަށާނެ ކަމަށް ހަދީސް ބަސްފުޅުތަކުގައި ބަޔާންވެގެންވާ ކަމަށެވެ.

ދިރޭ ތަކެތީގެ ސިފައިގައި މޮނިއުމެންޓް ހެދުމާއި ބެހެއްޓުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމުން، މުސްލިމުންގެ ހައިސިއްޔަތުން މިފަދަ ކަންކަމުން ދުރުހެލިވެ، މާތްﷲގެ ރުހިވޮޑިގަތުން ހޯދުމަށް އެދި މަސައްކަތް ކުރަންޖެހޭނެ ކަމުގައި ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ފާހަގަކޮށްފައި ވެއެވެ.

ގިޔާމަތް ދުވަހު އެންމެ ގަދަފަދަ އަޒާބު ލިބޭ މީހުންގެ ތެރޭގައި، ފުރާނަ އެކުލެވޭ ތަކެތީގެ ސޫރަ ހަދާ މީހުން ހިމެނޭ ކަމަށް ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ވަނީ އިތުރަށް ބުނެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%