Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްލާމީ ކުތުބުހާނާއަކީ ދިރާސާކުރާ ފަރާތްތަކަށް މުހިންމު ތަނަކަށް ވާނެ: ޝަހީމް

އިސްލާމީ ކުތުބުހާނާއަކީ ދިރާސާކުރާ ފަރާތްތަކަށް މުހިންމު ތަނަކަށް ވާނެ: ޝަހީމް

އަހްމަދު އީޒާން
412 ދުވަސް ކުރިން - 12 ޖުލައި 2025 17:25
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހުޅުވާ އިސްލާމީ ކުތުބުހާނާގައި 15،000 އަށް ވުރެ ފޮތް ހުންނާނެ.

ސަލްމާން ރަސްގެފާނު މިސްކިތުގައި މިރޭ ހުޅުވާ އިސްލާމީ ކުތުބުހާނާއަކީ ދިރާސާކުރާ ފަރާތްތަކަށް މުހިންމު ތަނަކަށް ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ މިރެއަކީ ރާއްޖޭގެ އިސްލާމީ އިލްމީ ތާރީހުގައި ފާހަގަކޮށްލެވޭނެ ރެއަކަށް ވާނެ ކަމަށެވެ. އަދި އަހަރުތަކެއްގެ މެދުކެނޑުމަށް ފަހު ރާއްޖޭގެ އިސްލާމީ ކުތުބުހާނާ މިރޭ ހުޅުވުމަށް މިހާރު ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހުޅުވާ އިސްލާމީ ކުތުބުހާނާގައި 15،000 އަށް ވުރެ ފޮތް ހުންނާނެ އެވެ. އެ ކުތުބުޚާނާ ވާނީ އިސްލާމީ އިލްމު ހާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި، މުހިންމު ތަނަކަށް ކަމަށް މިނިސްޓްރީން ވެސް ބުންޏެވެ.

Advertisement

Advertisement 1

"އިންޝާﷲ މިރޭ އިސްލާމީ ކުތުބުހާނާ ހުޅުވާނެ، އިސްލާމީ ދިރާސާ ކުރާ ފަރާތްތަކަށް ވަރަށް ހިތްގައިމު މާހައުލަކަށްވެގެންދާނެ،" ޝަހީމް ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ހުރިހާ އިސްލާމީ މަރުކަޒުތަކެއްގައި އިސްލާމީ ކުތުބުހާނާ ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދުފުޅެކެވެ.

މާލެ އާއި ރަށްރަށުގެ އިސްލާމީ މަރުކަޒުތަކުގައި ހަދާ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެެއްގެ ޔުނިވާސިޓީއަކުން ހަދިޔާކުރަން ހަމަޖެހިފައިވާ ކަމަށާއި އެ ޔުނިވާސިޓީން 60،000 ފޮތް ލިބޭނެ ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްސަލްމާން މިސްކިތްމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

20 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

49 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

63 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

107 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

111 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

118 ދުވަސް ކުރިން - 15:01