އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ހިމެނޭ އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ފަށައިފިއެވެ.
އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ މިއަދު އެ ސަރަޙައްދަށް ވަޑައިގެން، މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އެޔަށްފަހު ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ތިން އިމާރާތް ތަޅާލުމަށް ނިންމާފައިވަނީ އާންމުންނަށް ގެއްލުންވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
މި މަސައްކަތް ކުރަމުންދާއިރު އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި ވަޒީރު ވަނީ މާފަށް އެދިވަޑައިގެންފައެވެ. އަދި އެ ޢިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތް ކުރަމުން އަންނަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނެވެ.