ފިހާރައެއްގެ ގުދަނުގައި ރޯވެ އަނދަނީ

ހުސައިން އިސްމާއިލް | 10 ގަޑިއިރު ކުރިން - 10 ޖުލައި 2025 19:38
ކުއްލި ޚަބަރު: ގުދަންތަކެއްގައި ގުދަނުގައި ރޯވެއްޖެ.
ކުއްލި ޚަބަރު: ގުދަންތަކެއްގައި ގުދަނުގައި ރޯވެއްޖެ.
ޚުލާސާ

ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ވަރަށް ގަދަޔަށް އަލިފާން ރޯވެއްޖެ. މިވަގުތު އަނދަމުންދަނީ އެންސިސް އާއި ގަވިން ފިހާރައިގެ ދެގުދަން.

ހުޅުމާލޭގައި ހުންނަ ގަވިން ފިގާރައިގެ ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާން ކޮންޓްރޯލް ކުރުމަށްޓަކައި މިވަގުތު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ފަޔަރ އެންޑް ރެސްކިއު އިން ދަނީ ޙަރަކާތެރެރިވަމުންނެވެ.

ފުރަތަމަ ޚަބަރު ލިބުނީ އެންސިސްގެ ގުދަނެއްގައި ރޯވެގެން އުޅޭ ކަމަށެވެ. ނަމަވެސް ޚުލާސާގެ ނޫސްވެރިން ގޮސް ބެލިބެލުމުން އެނގުނީ އަލިފާން ރޯވެގެން އުޅެނީ ހަމައެކަނި އެންސިސްގެ ގުދަނުގައި ނޫންކަމަށާއި، ހުޅުމާލެ ފޭސް 1 ގައި ހުންނަ ބަދިގޭގެ ސާމާނު. ރައްކާކޮށްފައިވާ ގުދަނުގައި ވެސް ވަރަށް ބޮޑަށް އަލިފާންގަނޑު ހިފާފައިވާ ކަމަށެވެ.

މިވަގުތުވެސް ގަވިން ފިހާރައިގެ ގުދަނުގައި ވަނީ ވަރަށް ބޮޑަށް ހުޅުހިފާފައެވެ. އެތަނުގެތެރޭގައި ލަކުޑިއާއި މައިކްރޯވޭވް ކަހަލަ ތަކެތި އެބަހުރި ކަމަށާއި، ވައި ގަދަވުމުގެ ސަބަބުން އަލިފާންގަނޑު ވަރަށް ބާރަށް ފެތުރެމުންދާ ކަމަށް އެ ސަރަޙައްދުގައި ހުރި ޚުލާސާގެ ރިޕޯޓަރެއް މަޢުލޫމާތު ދިނެވެ.“އަލިފާންގަނޑު ފުރަތަމަ ރޯވީ އެންސިސްގެ ގުދަނުގައި ކަމެއް ޔަޤީނެއް ނޫން. އެންސިސް ގުދަނާއި އެއާއި ޖެހިގެން ހުރި ގަވިން ފިހާރައިގެ ގުދަނުގައި ވެސް ވަނީ ރޯވެފަ.”

އަލިފާންގަނޑު ފެތުރި ކަޅު ބޯ ދުމުގެ ސަބަބުން އެސަރަޙައްދަށް ކައިރި ނުވެވޭތީވެ އަނދައިގެން އުޅެނީ ސީދާ ކޮންތަނެއްކަމެއް އަދި އެކަމުގެ ސީދާ ތަފްޞީލެއް ޚުލާސާއަކަށް ނުލިބެއެވެ.

ނަމަވެސް ޚުލާސާއާއި ވާހަކަ ދެއްކި ގަވިން ފިހާރައިގެ މުވައްޒަފަކު ބުނީ އަލިފާން ރޯވެގެން އުޅޭ ޢިމާރާތުގެ ކޮންމެ ފުލޯއެއްގައިވެސް ގުދަނެއް ހުންނަ ކަމަށާއި އެތަނުގައި ގަވިން ފިހާރައިގެ ގުދަނަކާއި އެންސިސްގެ ގުދަނެއް ވެސް ހުންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%