މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މުހައްމަދު ޖަމްޝަތު | 6 ގަޑިއިރު ކުރިން - 10 ޖުލައި 2025 17:13
ރ. އަތޮޅުން ފެށިގެން ދެކުނަށް މެޓުން ވަނީ ވައިޓް އެލާޓް ނެރެފަ / ފޮޓޯ: ޚުލާސާ
ރ. އަތޮޅުން ފެށިގެން ދެކުނަށް މެޓުން ވަނީ ވައިޓް އެލާޓް ނެރެފަ / ފޮޓޯ: ޚުލާސާ
ޚުލާސާ

ވައިޓް އެލާޓް ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ދެކުނަށް.

ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި ރ. އަތޮޅުންފެށިގެން ދެކުނަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

އެގޮތުން ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމަޔަށް އެލާޓް ނެރެފައިވަނީ މިރޭ 8:00 އާއި ހަމައަށެވެ. އަދި އދ. އަތޮޅުން ފެށިގެން ދެކުނަށް އެލާޓް ނެރެފައިވަނީ ހަވީރު 6:00 އަށެވެ.

މެދުރާއްޖެތެރެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އިއްޔެވެސް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބަށް ގަދަވަޔާއި އެކު ވިއްސާރަކުރާނެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%