Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހޫޘީންގެ ވަރުގަދަ ޙަމަލާތަކެއް އިސްރާއީލަށް، ޔަހޫދީންގެ ބޯޓެއްވެސް ފައްތާލައިފި

ހޫޘީންގެ ވަރުގަދަ ޙަމަލާތަކެއް އިސްރާއީލަށް، ޔަހޫދީންގެ ބޯޓެއްވެސް ފައްތާލައިފި

ހުސައިން އިސްމާއިލް
433 ދުވަސް ކުރިން - 8 ޖުލައި 2025 11:30
ކުއްލި ޚަބަރު: ހޫޘީންގެ ވަރުގަދަ ޙަމަލާތަކެއް، ޔަހޫދީންގެ ބޯޓެއްވެސް ފައްތާލައިފި
ކުއްލި ޚަބަރު: ހޫޘީންގެ ވަރުގަދަ ޙަމަލާތަކެއް، ޔަހޫދީންގެ ބޯޓެއްވެސް ފައްތާލައިފި
ޚުލާސާ

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ވިދާޅުވި ގޮތުގައި އިސްރާއީލުގެ ރަމޮން (ލޯޑް) އެއާޕޯޓް، އަޝްޑޯޑް ޕޯޓް، އަދި އިތުރު ތަންތަނަށް ވެސް ޙަމަލާދީފި. ރަތްކަނޑުގައި ބޯޓެއްވެސް ފައްތާލައިފި.

ޔަމަނުގެ ހޫޘީންގެ ވަރަށް ވަރުގަދަ ޙަމަލާތަކެއް މިވަގުތު އިސްރާއީލަށް އެބަ އަމާޒު ކުރެއެވެ.

ފަލަސްޠީނު ރައްޔިތުންގެ ދިފާޢުގައި އިސްރާއީލުގެ އަނިޔާވެރިކަމަށް ޖަވާބެއް ދިނުމުގެ ގޮތުން ކަމަށް ބުނެ ދެމުންދާ ޙަމަލާތަކުގައި އިސްރާއީލުގެ އެތައް ތަނަކާއި އަދި ރަތް ކަނޑުގައި ހަރަކާތްތެރިވާ ޔަހޫދީންނަށް މުދާ އުފުލައިދޭ އުޅަނދުތަކަށް އަމާޒުކޮށްގެން ވެސް ދަނީ ޙަމަލާތައް ދެމުންނެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ ވިދާޅުވި ގޮތުގައި ކޯޑިނޭޓްކޮށްގެން ދިން ހަމަލާގެ ތެރޭގައި އިސްރާއީލުގެ ރަމޮން (ލޯޑް) އެއާޕޯޓް، އަޝްޑޯޑް ޕޯޓް، އަދި އަޝްކަލޯން ގެ އިންޖީނުގެއަކަށް ވެސް ހައިޕަރސޮނިކް ބެލިސްޓިކް މިސައިލުން ޙަމަލާދީފައި ވެއެވެ

Advertisement

Advertisement 1

އިސްރާއީލަށް މިހާރު ދެމުންދާ ޙަމަލާތަކާއި ބެހޭގޮތުން ހޫޘީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ ދެންމެ ވާހަކަފުޅު ދެއްކެވުން (ސްކްރީންޝޮޓް)

ޔަހްޔާ ސާރީ ވިދާޅުވީ، 8 ޑްރޯން ޙަމަލާ އާއި މިސައިލް ވެސް ވަނީ އުމް އަލް ރަޝްރަޝް (އީލާތު) ބަނދަރަށް އަމާޒުކޮށްފަ އެވެ.

އަދި ވަކިން ކަނޑުމަތީގައި ދިން ހަމަލާތަކުގައި އިސްރާއީލުގެ މުދާ އުފުލައިދޭ ގްރީސްގެ ކުންފުނި ސްޓެމް ޝިޕިން އިން ހިންގާ ލައިބީރިއާގެ ދިދަ ޖަހާފައިވާ އުޅަނދެއް ކަމަށްވާ އެމްވީ މެޖިކް ސީސް ވެސް އަޑިއަށް ފައްތާލާފައިވާ ކަމަށް ޔަހްޔާ ސާރީ ވިދާޅުވިއެވެ.

މީގެ އިތުރުން އެހެން ބޯޓެއް ކަމަށްވާ އެޓަރނިޓީ ސީ އަށް ވެސް ޔަމަނުގެ ހުދައިދާ ބަނދަރުގެ ހުޅަނގު ދެކުނުން ހަމަލާދީފައިވާއިވެއެވެ. ހޫޘީންގެ ޙަމަލާތަކުގައި ބޯޓުގެ ދެ ފަޅުވެރިން ވަނީ ކަނށަށް ވެއްޓި ގެއްލިފައެވެ.

ހޫޘީން މި ޙަމަލާތައް ދިނީ އިއްޔެރޭ އިސްރާއީލުން ހޫޘީންގެ އަމާޒުތަކަށް ވަރަށް ވަރުގަދަ ކުއްލި ޙަމަލާތަކެއް ދީފައި ވަނިކޮށްކަން ފާހަގަ ކުރެވެއެވެ.

ކުއްލި ޚަބަރުމެދުއިރުމަތި
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރު ބްލެކްމާކެޓް ހުއްޓުވުމުގައި ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރާނެ: އެޓަނީޖެނެރަލް

ޑޮލަރު ބްލެކްމާކެޓް ހުއްޓުވުމުގައި ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރާނެ: އެޓަނީޖެނެރަލް

18 ގަޑިއިރު ކުރިން - 13:10

ނޭޓޯ ބޯޑަރު ބުޑަށް ރަޝިޔާއިން ހަމަލާ ދީފި

ނޭޓޯ ބޯޑަރު ބުޑަށް ރަޝިޔާއިން ހަމަލާ ދީފި

1 ދުވަސް ކުރިން - 05:58

ޙޫޘީންގެ 1000 އަށްވުރެ ގިނަ މީހުން މަރާލައިފި

ޙޫޘީންގެ 1000 އަށްވުރެ ގިނަ މީހުން މަރާލައިފި

1 ދުވަސް ކުރިން - 05:00

ޚޫޘީން މޮޚާ ބަނދަރު ހިފައިފި: ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ނުރައްކާތެރި ލޮޅުމެއް!

ޚޫޘީން މޮޚާ ބަނދަރު ހިފައިފި: ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ނުރައްކާތެރި ލޮޅުމެއް!

4 ދުވަސް ކުރިން - 23:14

ވަގުތު ދިނުމަށްފަހު، 8 އަހަރުވާއިރު ޑިވެލޮޕްމެންޓެއް ނާންނަ ރަށްތަކުގެ އެގްރީމެންޓް ބާތިލްކުރަނީ!

ވަގުތު ދިނުމަށްފަހު، 8 އަހަރުވާއިރު ޑިވެލޮޕްމެންޓެއް ނާންނަ ރަށްތަކުގެ އެގްރީމެންޓް ބާތިލްކުރަނީ!

4 ދުވަސް ކުރިން - 14:18

ފެނަކަ އާއި އާރްޑީސީ އުވާލަން ނިންމައިފި

ފެނަކަ އާއި އާރްޑީސީ އުވާލަން ނިންމައިފި

7 ދުވަސް ކުރިން - 13:44