ބާވީސް ދުވަސް ވަންދެން ފިއްލަވައިގެން އުޅުއްވުމަށްފަހު ޚާމަނާއީ ޢާންމުންގެތެރެއަށް

ހުސައިން އިސްމާއިލް | 5 ގަޑިއިރު ކުރިން - 8 ޖުލައި 2025 11:12
ޢާޝޫރާ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ބޮޑު އެއްވުމަށް ޚާމަނާއީ ރައްޔިތުންނާއި މުޚާޠަބުކުރައްވަނީ. / ފޮޓޯ: ތެހެރާން.
ޢާޝޫރާ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ބޮޑު އެއްވުމަށް ޚާމަނާއީ ރައްޔިތުންނާއި މުޚާޠަބުކުރައްވަނީ. / ފޮޓޯ: ތެހެރާން.
ޚުލާސާ

22 ދުވަސް ވަންދެން ފިއްލަވައިގެން އުޅުއްވުމަށްފަހު، ޚާމަނާއީ ފެނުމާއެކު އެއްވެ ތިބި މީހުންގެ ތެރެއިން ގިނަ ބަޔެއްގެ ލޯތައް ކަރުނައިން ފުރިގެން ދިޔަ.

22 ދުވަހުގެ ހިމޭންކަމަށްފަހު އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ އަލުން ޢާންމުންގެތެރެއަށް ނުކުމެވަޑައިގެންފިއެވެ. ޢާޝޫރާ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ބޮޑު އެއްވުމަށް ޚާމަނާއީ ވަޑައިގެންނެވީ އޭނާގެ ސިއްހަތާއި ބެހޭ ގޮތުންނާއި އެތެރޭގެ ފިތުނަތަކާއި މެދު ވަރަށް ބޮޑެތިޝައްކުތައް އުފެދިފައި ވަނިކޮށެވެ.

ޚާމަނާއީ ފެނުމާއެކު އެއްވެ ތިބި މީހުންގެ ތެރެއިން ގިނަ ބަޔެއްގެ ލޯތައް ކަރުނައިން ފުރިގެން ދިޔަކަން ފާހަގަ ކުރެވެއެވެ. ޚާމަނާއީ އަކީ މުޅި މެދުއިރުމަތީގައި ލޭއޮނޮރުވަމުންދާ އިސްރާއީލު ސައިޒުކޮށްލި ހަމައެކަނި ލީޑަރެވެ. އަސި ދުނިޔޭގެ ސުޕަރ-ޕަވަރު ކަމަށް ދަޢުވާކުރަމުންދާ އެމެރިކާ ވެސް ކުޑަކަކޫ މައްޗަށް ތިރިކޮށްލި ހަމައެކަނި ލީޑަރެވެ. މީގެ އިތުރުން މުޅި ދުނިޔެ ހައިރާން ކޮށްލި ހަމައެކަނި ލީޑަރެވެ. 22 ދުވަސް ވަންދެން ބޮޑީގާޑުންނާއި ވެސް ގުޅުން ކަނޑަލައިގެން ވަކިން ބިންގަރާހުގައި ފިއްލަވައިގެން އުޅުއްވުމަށްފަހު ޚަމަނާއީ ޢާންމުންގެ ތެރެއަށް ނުކުމެވަޑައިގެންނެވުމުން ލޮލުން ކަރުނަ ފޭބި މީހުންގެ ތެރޭގައި އައިއާރުޖީސީގެ އިސް އޮފިޝަލުން ވެސް ހިމެނެއެވެ.

ރައްޔިތުންނާއި މުޚާޠަބުކުރައްވައި ޚާމަނާއީ ދެއްކެވި ވާހަކަފުޅުގައި ހުޅަނގަށް، ޚާއްސަކޮށް އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެގައުމުގެ ލީޑަރުންނަކީ ބޮޑާ ބައެއް ކަމަށް ވިދާޅުވިއެވެ. އަދި ނިއުކްލިއާ މަޝްރޫޢު ހުއްޓަލުމަށް އެމެރިކާއަށް އީރާނަށް އަމުރެއް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%