އާ ޓާމިނަލް ހުޅުވާ ހަފްލާ އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކަށް ދޭން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 7 ޖުލައި 2025 21:15
ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ތައްޔާރުވަނީ. / ފޮޓޯ: ޚުލާސާ
ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ތައްޔާރުވަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްއޭސީއެލްއާ ގުޅޭ ގޮތުން ރާއްޖެޓީވީން ދޮގު ޚަބަރު ފަތުރާތީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެ މައްސަލަ ހުށައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލްއިން ބުނި.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވާ ޙަފްލާ އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކަށް ދޭން އުޅޭކަމަށް ބުނެ ފަތުރަމުން އަންނަނީ ދޮގު ޚަބަރެއް ކަމަށް އެ އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

މި ވާހަކަތައް ފަތުރަމުން އަންނަނީ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން ހިންގާ ރާއްޖެ ޓީވީންނެވެ.

އެ ވާހަތައް ދޮގުކޮށް އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެ އެއްވެސް ޢަމަލެއް އެކުންފުނިން ކޮށްފައިނުވާނެކަމާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެމްއޭސީއެލް އިން އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ވަކިން ޚާއްސަކޮށް، ރާއްޖެޓީވީއިން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް އެ ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަށް އަރުވާކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ރާއްޖެޓީވީން ފަތުރަމުން ގެންދާ ހަގީގަތާއި ޚިލާފު ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއް ކަމަށް ބުނެ އެމްއޭސީއެލް އިން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި ނޫސްވެރިކަމުގެ ގިއުގަނޑުތަކުގެ ތެރޭގައި ތެދު ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށްވެސް އެ ކުންފުނިން ވަނީ ރާއްޖެޓީވީއަށް އިލްތިމާސްކޮށްފައެވެ.

އެމްއޭސީއެލްއިން ބުނީ އެ ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނެވެރި ފަރާތަށް ވެފައި، އެ ކުންފުންޏާމެދު މިފަދަ ސާބިތުނުހިފޭ، ހަގީގަތާއި ޚިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރުގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ޤާނޫނީ ފިޔަވަޅުތައް އެޅުމަށް އެ ކުންފުނިން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ޤާނޫނުން ކަނޑައަޅާފައިވާ ފަރާތްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެ މައްސަލަ ހުށައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%