Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަތަންޔާހޫ ހައްޔަރުކުރަން ގޮވާލައި އެމެރިކާގައި މުޒާހަރާ

ނަތަންޔާހޫ ހައްޔަރުކުރަން ގޮވާލައި އެމެރިކާގައި މުޒާހަރާ

ޖަވާދު
429 ދުވަސް ކުރިން - 7 ޖުލައި 2025 11:14
ނަތަންޔާހޫއާއި ދެކޮޅަށް އެމެރިކާގައި ކުރިޔަށްދާ މުޒާހަރާގެތެރެއިން.
ނަތަންޔާހޫއާއި ދެކޮޅަށް އެމެރިކާގައި ކުރިޔަށްދާ މުޒާހަރާގެތެރެއިން.
ޚުލާސާ

ނަތަންޔާހޫ ހައްޔަރުކުރަން އައި.ސީ.ސީ އިން އަމުރު ނެރެފައި ވަނިކޮށް އެއައަށް ބޮލާލާޖަހައި، މިއަދުވެސް އެހުންނެވީ އެމެރިކާގައި. އޭނާ ހައްޔަރުކުރުމަށް ގޮވާލައި އެމެރިކާގައި ދަނީ މުޒާހަރާ ކުރަމުން.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާއަށް ކުރައްވާ ދަތުރާ ގުޅިގެން، ފަލަސްތީނަށް ތާއީދުކުރާ ގިނަ ބަޔަކު ވޮޝިންގޓަން ޑީ.ސީ.ގައި ހުންނަ ވައިޓް ހައުސް ބޭރުގައި އިއްޔެ މުޒާހަރާކޮށްފިއެވެ. މި މުޒާހަރާގެ ބައިވެރިންވަނީ ނަތަންޔާހޫގެ ދަތުރު ކުށްވެރިކޮށް، އިޒްރޭލުން ޣައްޒާގައި ކުރިޔަށްދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.

މުޒާހަރާގެ ބައިވެރިން އެމެރިކާގެ ސަރުކާރަށް ގޮވައިލީ އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލުމަށެވެ. އަދި ނަތަންޔާހޫ ހައްޔަރުކުރުމަށް މުޅި ދުނިޔެއަށް ގޮވާލާފައި ވެއެވެ.

މިއީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހަމަސްދުވަހުގެ ތެރޭގައި އެމެރިކާއަށް ކުރައްވާ ތިންވަނަ ދަތުރެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ނަތަންޔާހޫ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

Advertisement

Advertisement 1

އިއްޔެ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، މި ހަފްތާ ތެރޭގައި ޣައްޒާގައި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް "ރަނގަޅު ފުރުސަތެއް" އެބައޮތް ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، އިޒްރޭލާއެކު ގިނަ ކަންތައްތަކެއްގައި އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ދާއިމީ އެއްބަސްވުމެއް އީރާނާއެކު ހެދުން ވެސް ހިމެނޭނެ ކަމަށެވެ.

މިއަދު ވެސް އެމެރިކާގައި ނަތަންޔާހޫ އާއި ދެކޮޅަށަ މުޒާހަރާ އެބަ ކުރެއެވެ. މިއަދުގެ މުޒާހަރާގެ ބައިވެރިންގެ ތެރޭގައި "އެމެރިކަން މުސްލިމްސް ފޯ ފަލަސްތީން (އޭއެމްޕީ)" ޖަމާއަތް ވެސް ހިމެނެއެވެ. މި ޖަމާއަތުގެ އިސްވެރިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ނަތަންޔާހޫގެ ދަތުރު ކުށްވެރިކޮށް، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައަށް އެމެރިކާއިން ދޭ އެހީ ހުއްޓާލުމަށް ގޮވާލާފައި ވެއެވެ..

ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓު (އައި.ސީ.ސީ.) އިން މިދިޔަ ނޮވެމްބަރު މަހު ވަނީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ޣައްޒާގައި ހިންގިކަމުގެ ތުހުމަތުގައި ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. އަދި އިޒްރޭލާ ދެކޮޅަށް އައި.ސީ.ޖޭ. (ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓު) ގައި ވެސް ނަސްލު ނައްތާލުމުގެ ދަޢުވާއެއް ވަނީ އުފުލާފައެވެ.

އެމެރިކާނަތަންޔާހޫ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

7 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ، އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް 1 ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

22 ދުވަސް ކުރިން - 17:33

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%