މަސްތުވާތަކެއްޗާއި އެއްކޮށް ދިއްދޫ މީހަކު ހައްޔަރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 19 ގަޑިއިރު ކުރިން - 5 ޖުލައި 2025 00:03
އިރުފާޙު ޝަފީޤު (25އ)
އިރުފާޙު ޝަފީޤު (25އ)
ޚުލާސާ

ދިއްދޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ، ލިލީމާގޭ، އިރުފާޙު ޝަފީޤު (25އ).

ހއ. ދިއްދޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށް، ކޯޓު އަމުރަކަށް 10 ދުވަހުގެ މުއްދަތަށް ބަންދުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރު-ނާކޮޓިކްސް އިންޓެލިޖެންސް، އަޕާ ނޯތް ޑްރަގް އޮޕަރޭޝަން އަދި ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކަމަށެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ، ލިލީމާގޭ، އިރުފާޙު ޝަފީޤު (25އ) އެވެ. އިރުފާހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%