Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަނިމާދޫ އެއަރޕޯޓު ވިއްކަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ސަޢީދު

ހަނިމާދޫ އެއަރޕޯޓު ވިއްކަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ސަޢީދު

އަައިޝަތު ޒީނާ
381 ދުވަސް ކުރިން - 5 ޖުލައި 2025 13:28
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް. / ފޮޓޯ: ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް. / ފޮޓޯ: ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާ
ޚުލާސާ

ހަނިމާދޫ އެއަރޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭ ކަމަށާއި އެކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުން އަންނަނީ ދޮގު ވާހަކަތަކެއް.

ހދ. ހަނިމާދޫގައި ޤާއިމްކުރާ އިންޓަރނޭޝަނަލް އެއަރޕޯޓް ވިއްކާލަން އުޅޭކަމަށް ބުނެ ފަތުރަމުން އަންނަނީ ދޮގު ވާހަކަތަކެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އެ ވާހަކަތައް ދޮގުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ހަނިމާދޫ އެއަރޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެވެސް ފަތުރަމުން އަންނަނީ ދޮގު ވާހަކައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ހަނިމާދޫ އެއަޕޯޓު ވިއްކާލަން އުޅޭކަމުގެ ވާހަކަ ދައްކަވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެވެ. ޔާމީން ވަނީ އަދުގެ ސަރުކާރުން ހަނިމާދޫ އެއަރޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެކަމުގެ މަޝްވަރާތައް ސިންގަޕޫރުގައި ސަރުކާރުން ކުރި ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް އަދުގެ ސަރުކާރުން ހަލުވި ދުވެލީގައި ކުރަމުން އަންނަ އިރު، ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މި މަހުގެ އެއްވަނަ ދުވަހު ވިދާޅުވެފައިވަނީ އެ އެއަރޕޯޓުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ޕަސިންޖަރ ޓަރމިނަލްގެ މަސައްކަތުގެ %83 ނިމިފައިވާކަމަށާއި، އެއަރ ކޮންޓްރޯލް ޓަވަރ އަދި ހޭންގަރ އަދި ކާގޯ އިމާރަތުގެ %96 ނިމިފައިކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެއާއެކު މުޅި މަޝްރޫއުގެ %88 މިހާރު ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރަމުން އަންނަނީ އެންމެ ބޮޑެތި ބޯޓު ފަހަރު ޖެއްސޭ ފެންވަރަށެވެ.

މިނިސްޓަރު މުހައްމަދު ސައީދުހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: މިނިސްޓަރު ސައީދު

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: ސައީދު

8 ދުވަސް ކުރިން - 21:20

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

11 ދުވަސް ކުރިން - 16:25

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

20 ދުވަސް ކުރިން - 12:10

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

35 ދުވަސް ކުރިން - 14:32

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

36 ދުވަސް ކުރިން - 11:57

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

36 ދުވަސް ކުރިން - 11:48