އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އަހްމަދު އީޒާން | 7 ގަޑިއިރު ކުރިން - 4 ޖުލައި 2025 22:58
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާގައި / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާގައި / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެމެރިކާގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައި، ދެޤައުމުގެ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެއްވުމަށް ކުރައްވާ އުއްމީދުގެ މައްޗަށް ވެސް ރައީސް އަލިއަޅުއްވާލައްވާފައިވޭ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް މިއަދު ފޮނުއްވައިފި އެވެ. 

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޓްރަމްޕަށާއި އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮ އެދުންތައް ފޮނުއްވައިފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ މެސެޖުގައި، އަންނަ އަހަރު، ރާއްޖެ އާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެއްވުމަށް ކުރައްވާ އުއްމީދުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައިވެ އެވެ.

އެ މުނާސަބާ ވެގެންދާނީ ދެ ގައުމުގެ ދިރުންހުރި ގުޅުން ދައްކުވައިދޭ މުނާސަބަތަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ކަމުގެ އިތުބާރު އެބައޮތްކަން ހާމަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%