ތޮއްޑޫ ކައިރިއަށް މަހަށް ނުކުމެ އުޅުނު ޒުވާނުންތަކަކަށް، މާވަހަރެއް ކަމަށް ބެލެވޭ 15 ވަރަކަށް ކިލޯގެ ބޮޑު އެއްޗެއް އިއްޔެ ފެނިއްޖެއެވެ. މިއީ މާވަހަރުގެ އަގު ބޮޑު ވައްތަރު ކަމަށްވާ ހުދަންބަރެއް ކަމަށް އެމީހުން ޤަބޫލުކުރެއެވެ.
މި އެތި ފެނިފައިވަނީ ތޮއްޑޫ ކައިރިއަށް މަހަށް ނުކުމެ އުޅުނު އުކުޅަހުގެ ޒުވާނުންތަކަކަށެވެ. ޑިންގީގައި އެވަގުތު ތިބި ތިން މީހުންގެ ތެރެއިން އަލީ ޝަހީމް ހަސަން އާއި ހަވާލާދީ "މިހާރު" ނޫހުން ގޮތުގައި، އެމީހުންނަށް ފެނުނީ ހުދަންބަރެއް ކަމަށް މީގެ ކުރިން މާވަހަރު ފެނުނު މީހުން، ބުނެފައިވާ ކަމަށެވެ. ފެނުނު އެ އެތީގެ ބަރުދަނުގައި 12 އާއި 15 ކިލޯއާ ދެމެދުގެ ބަރުދަނެއް ހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެއީ ހުދަންބަރެއްތޯ ޔަގީން ކުރުމަށްޓަކައި "ޓެސްޓުކުރެވޭނެ ގޮތްތަކެއް އޮތްތޯ މި ބަލަނީ" ކަމަށް ޝަހީމް ބުނި ކަމަށް އެ ނޫހުން ބުންޏެވެ. މިފަދަ ބޮޑެތި މާވަހަރުތަކަކީ ބޮޑު އަގު ލިބޭ ތަކެތި ކަމަށް ވެއެވެ.