Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އާސަންދައިގެ ބޭސް ގަންނަން މަޖުބޫރުކުރާ ފާމަސީތަކަށް ހަރުކަށި ފިޔަވަޅު އަޅަނީ

އާސަންދައިގެ ބޭސް ގަންނަން މަޖުބޫރުކުރާ ފާމަސީތަކަށް ހަރުކަށި ފިޔަވަޅު އަޅަނީ

އާނާ ފަހީމް
344 ދުވަސް ކުރިން - 1 ޖުލައި 2025 23:27
އާސަންދަ ބިލްޑިންގ/ ފޮޓޯ: ފައިނޭންޝަލް ރިވިއު
އާސަންދަ ބިލްޑިންގ/ ފޮޓޯ: ފައިނޭންޝަލް ރިވިއު
ޚުލާސާ

އާސަންދައިގެ ދަށުން ލިބެންޖެހޭ ބޭސްތައް ފާމަސީތަކުގައި ހުންނައިރު ވެސް އާސަންދައިން ދޫނުކޮށް، ގަންނަން މަޖުބޫރުކުރާ ނަމަ އެ ފާމަސީތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އާސަންދައިން ހާމަކޮށްފި.

އާސަންދައިގެ ދަށުން ލިބެންޖެހޭ ބޭސްތައް ބޭސްފިހާރަތަކުގައި ހުންނައިރު ވެސް، އާސަންދައިން ބޭސް ދޫނުކޮށް، ބޭސް ގަންނަންދާ ފަރާތްތަކަށް ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

ބޭހުގެ މައްސަލައާ ގުޅިގެން މެމްބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ، ބޭހުގެ އަގުތަކަށް ސަރުކާރުން ގެނައި ބަދަލަށް ފަހު، އާސަންދައިން ބޭސް ހޯދަން ދިއުމުން ބޭސް ނުހުންނަ ކަމަށް ގިނަ ފާމަސީތަކުން ބުނަމުންދިޔަނަމަވެސް ހަމަ އެ ބޭސް، އެ ފާމަސީއަށް ގަންނަން ދިއުމުން ލިބެން ހުންނަ ކަމަށް ބުނެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޒީނިޔާ ވިދާޅުވި ގޮތުގައި، ބޭސް ދޫކުރުމާ ގުޅޭގޮތުން ފާމަސީތަކުން އަމަލުކުރަންޖެހޭ ހާއްސަ އުސޫލެއް އެންސްޕާއިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ފާމަސީތަކުން މި އުސޫލާ ހިލާފުވާތީ، އާސަންދައިން ދަނީ އެ އުސޫލު ރިވިއުކޮށް، ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement 1

އެންސްޕާގެ އެހެން އޮފިޝަލަކު މި ބައްދަލުވުމުގައި ވިދާޅުވީ، މިފަދަ ފާހަގަކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި، އުސޫލާ ހިލާފުވާ ފާމަސީތައް ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ. އަދި ހަމައެއާއެކު އާސަންދައިން ނުލިބޭ ބައެއް ބޭސްތައް ފާމަސީތަކުންވެސް ނުލިބިގެން އެންސްޕާ މެދުވެރިކޮށް ގެނެސް އާސަންދައިގެ ދަށުން ދޫކުރާ ކަމަށާއި ރާއްޖެއިން ބޭރުން އެގޮތަށް ބޭހެއް ގެންނައިރު ބައެއް ފަހަރު ދެތިން މަސް ނަގާ ކަމަށްވެސް އެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ޒީނިޔާ އިތުރަށް ވިދާޅުވީ، "އެޕްރޫވް ޑްރަގް ލިސްޓުން އަޅުގަނޑުމެން އުނިކޮށްލާނީ ސްކީމްގެ ގަވައިދުތެރެއިން ލިބިނުދެވޭ ހިދުމަތްތަކަށް ފޯރުވާ ހުރިހާ ބޭހެއް، އުނިކޮށްފައި ދެން ހުރި ހުރިހާ ބޭހަކީ ހަމަ އާސަންދަ ސްކީމުގެ ތެރެއިން ކަވާރ ކުރެވޭ ބޭސްތައް. މިސާލަކަށް އޭޑީއެލްގައި ނެތީސް ޑޮކްޓަރު ލިޔެދެއްވައިފިއްޔާ ދެން އަޅުގަނޑުމެން އޭތި އާސަންދަ ސްކީމްގެ ތެރެޔެއިން ދުލެއް ނުކުރެވޭނެ."

ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައިވާ އަގު ކުޑަކުރުމަށް ފަހު، ރައްޔިތުންނަށް ފާމަސީތަކުން ބޭސް ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވެއެވެ. މި ގޮންޖެހުންތަކުގެ ތެރޭގައި ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި، ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް ދައްކައި އާސަންދައިން ދޫކުރުން އަމިއްލަ ބޭސް ފިހާރަތަކުން ހުއްޓާލުން ހިމެނެއެވެ.

އާސަންދަ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

7 ދުވަސް ކުރިން - 19:46

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

10 ދުވަސް ކުރިން - 20:58

މައްޔިތުން އުފުލުމަށާއި އިތުރު ހިދުމަތްތަކަށް އާސަންދަ ދޭން ފަށައިފި

މައްޔިތުން އުފުލުމާއި އިތުރު ހިދުމަތްތަކަށް އާސަންދަ ލިބޭނެ

70 ދުވަސް ކުރިން - 09:01

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

71 ދުވަސް ކުރިން - 20:17

ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި

154 ދުވަސް ކުރިން - 20:11

ބޭސް އެތެރެކުރާ ކުންފުނީގެ ޗެއާޕާސަނަކަށް ހަލީމް، ބީސީސީގެ ޗެއާޕާސަނަކަށް ޝަހީދު

ދެ ކުންފުންޏެއްގެ ޗެއާޕާސަންކަމަށް މީހުން އައްޔަންކޮށްފި

183 ދުވަސް ކުރިން - 19:16