އެމެރިކާއިން ދިން ޙަމަލާތަކުގައި ފަރުބަދަތަކުގެ އަޑީގައިވާ އީރާނުގެ ސައިޓުތައް ހަލާކެއް ނުވޭ

ޖަވާދު | 109 ދުވަސް ކުރިން - 1 ޖުލައި 2025 13:53
އެމެރިކާއިން ދިން އެޅި ބަންކަރ ބަސްޓަރ ބޮންތަކުން އީރާނުގެ ނިއުކްލިއާ ސައިޓުތައް ފުނޑުފުނޑު ނުކޮށްލެވުނު.
އެމެރިކާއިން ދިން އެޅި ބަންކަރ ބަސްޓަރ ބޮންތަކުން އީރާނުގެ ނިއުކްލިއާ ސައިޓުތައް ފުނޑުފުނޑު ނުކޮށްލެވުނު.
ޚުލާސާ

އީރާނުގެ ފަރުބަދަތަކުގެ އަޑީގައިވާ ނިއުކްލިއާ ސައިޓްތައް ހަލާކުކޮށްލައިފި ކަމަށް އެމެރިކާއިން ބުންޏަސް، އެއީ ސީދާ ދޮގެއްކަން ހާމަވެއްޖެ.

އީރާނު ބަލިކޮށްލައި އެ ޤައުމުގެ ބާރު މެދުއިރުމަތިން ފުހެލަން އެމެރިކާއިން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.

އެމެރިކާގެ ފަހުގެ ޖާސޫސީ އިދާރާތަކުން ކަށަވަރުކޮށްދޭ ގޮތުގައި އީރާނުގެ ފޯޑޯ ނިއުކްލިއާ ސައިޓަށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި އެމީހުންގެ މަޤްޞަދު ވެސް ޙާޞިލް ނުކުރެވުނެވެ. އެމީހުންގެ މަޤްޞަދަކީ އެތަންތަން ހަލާކުކޮށްލުމެވެ. ނަމަވެސް އެކަމެއް ނުވިއެވެ. ލިބުނު ގެއްލުންތައް ވަރަށް މަދެވެ. ވޮޝިންޓަންޕޯސްޓުން ކުރި ތަހުގީގެއްގައިވާ ގޮތުން ބަންކަރ ބަސްޓަރ ބޮންތައް އެމެރިކާއިން ބޭނުންކުރީ އީރާނުގެ ނިއުކްލިއާ ސައިޓުތައް ފުނޑުފުނޑު ކޮށްލުމަށެވެ. ނަމަވެސް، އެ ބޮންތައް ވަދެފައިވަނީ ބިމުއަޑީގެ އެންމެ 60 މީޓަރަށެވެ. އީރާނުގެ ނިއުކްލިއާ ސައިޓުތައް ހުރި ހިސާބަކަށް އެ ބޮންތައް ފޯރާފައެއް ނުވެއެވެ.

އީރާނުގެ އިންޖިނިއަރުން އެ ސައިޓުތައް ފަރުބަދަތަކުގެ އަޑީގައި ހަދާފައި ވަނީ ވަރުގަދަ ކޮންކްރީޓާއި ދަގަނޑުން ކަމަށްވާއިރު، އީރާނުގެ އިސް މަސްދަރުތަކުން ކުރި މުއާމަލާތްތަކުން ދައްކާ ގޮތުގައި އެމެރިކާގެ ޙަމަލާގައި އީރާނަށް ލިބިފައިވަނީ ހީކުރި ވަރަށް ވުރެ ކުޑަ ގެއްލުމެއް ކަމަށް އެމެރިކާއިން ވެސް ވަނީ ބުނެފައެވެ. އަދި ޔޫރޭނިއަމްގެ ސްޓޮކްތައް އީރާނުން ވަނީ ދުރާލާ އެހެންތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ

އެޓޮމިކް އެނާޖީ އޮގަނައިޒޭޝަން އޮފް އީރާން އިން ވެސް ކުރި ތަޙްޤީޤުގައި މިހާތަނަށް އެމެރިކާއިން ދިން ޙަމަލާއާއި ގުޅިގެން. ނިއުކްލިއާ ސައިޓްތަކުން ރޭޑިއޭޝަންގެ އެއްވެސް އަލާމާތެއް ފެނިފައި ނުވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕާއި ޕެންޓަގަންގެ ވެރިން މީގެ ކުރިން ބުނެފައިވަނީ އެ ސައިޓް "މުޅިން ހަލާކުވެއްޖެ” ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%