Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލި މީހަކު ހައްޔަރުކޮށްފި, އެ އެކްސިޑެންޓުގައި އެކަކުގެ ފައި ތިން ތަނަކުން ބިިނދުނު!

އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލި މީހަކު ހައްޔަރުކޮށްފި, އެ އެކްސިޑެންޓުގައި އެކަކުގެ ފައި ތިން ތަނަކުން ބިިނދުނު!

އަހްމަދު އީޒާން
434 ދުވަސް ކުރިން - 29 ޖޫން 2025 16:31
އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލި މީހާ / ފޮޓޯ: ޕޮލިސް
އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލި މީހާ / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ އަނިޔާވި މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެ މީހާގެ ފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް.

ހުޅުމާލޭގައި ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓުވުމުން އެތަނުގައި މަޑުނުކޮށް ފިލި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މ. މަޑުއްވަރި, ކޮކްނެޓްވިލާ، އާދަމް ޒަޔާން މުހައްމަދު (26 އެވެ.

Advertisement

Advertisement 1

ފުލުހުން ބުނީ އޭނާއަކީ އެކްސިޑެންޓުވި ދެސައިކަލުގެ ތެރެއިން އެއްސައިކަލު ދުއްވި މީހާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވި މީހާއަށް ކަމަށެވެ. އަނިޔާވީ 38 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެ މީހާއަށް ފަރުވާދެމުން އަންނަ ކަމަށާއި އެ މީހާގެ ފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ދުއްވި މީހުންނަކީ ވެސް އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުން އާދަމް ޒަޔާން މުހައްމަދު ހައްޔަރުކޮށް، އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްކުށްކުރުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

20 ގަޑިއިރު ކުރިން - 13:20

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

3 ދުވަސް ކުރިން - 15:41

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

4 ދުވަސް ކުރިން - 10:57

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

5 ދުވަސް ކުރިން - 14:44

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

5 ދުވަސް ކުރިން - 10:34

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނާ ހޯދައި، ލައިސަންސް ހިފަހައްޓާ ސައިކަލު ޓޯކޮށްފި

ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނާގެ ސައިކަލް ފުލުހުން ހިފަހައްޓައިފި

6 ދުވަސް ކުރިން - 13:08