Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާ ޓަރމިނަލާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

އާ ޓަރމިނަލާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
428 ދުވަސް ކުރިން - 29 ޖޫން 2025 14:28
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި (ވީއައިއޭ) ތަރައްޤީކުރަމުންދާ އާ ޓަރމިނަލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި (ވީއައިއޭ) ތަރައްޤީކުރަމުންދާ އާ ޓަރމިނަލް
ޚުލާސާ

އެއަރޕޯޓުގެ ޓްރެފިކް ރޫޓުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއް ކަމަށާއި، މި ބަދަލުތަކަށް ސަމާލުވެ، ސެކިއުރިޓީ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެމްއޭސީއެލްއިން އިލްތިމާސްކުރި.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި (ވީއައިއޭ) ތަރައްޤީކުރަމުންދާ އާ ޓަރމިނަލާއި ގުޅިގެން އެއަރޕޯޓުގެ ޓްރެފިކަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ. ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި، އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލުން ބުނީ، އަންނަ މަހު ޓަރމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެހެންކަމުން އެއަރޕޯޓުގެ ޓްރެފިކް ރޫޓުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއް ކަމަށާއި، މި ބަދަލުތަކަށް ސަމާލުވެ، ސެކިއުރިޓީ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެމްއޭސީއެލްއިން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އާ ޓަރމިނަލާ ގުޅިގެން އެމްއޭސީއެލުން ވަނީ އެއަރޕޯޓަށް ވަދެވޭ ބައެއް މަގުތައް މިހާރުވެސް ބަންދުކޮށްފައެވެ. އަދި ވެހިކަލްތައް މިހާރު ހުރި ޓަރމިނަލަށް ދިއުމުގައި ބޭނުންކުރަންޖެހޭ ރޫޓަށްވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތައް އެނގޭނެހެން މަގުމަތީ ނިޝާންތައް ވަނީ ހަރުކޮށްފައި ކަމަށް އެމްއޭސީއެލުން މަޢުލޫމާތު ދިނެވެ.

Advertisement

Advertisement 1

ވީއައިއޭގެ އައު ޓަރމިނަލާއެކު އެއަރޕޯޓުގެ ޓްރެފިކް ވަރަށް ބޮޑަށް އިތުރުވާނެކަން ފާހަގަކޮށްލެވެއެވެ. މި އައު ޓަރމިނަލާއެކު އަހަރަކު 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭނެއިރު، އެއާއި ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

އެމްއޭސީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

1 ދުވަސް ކުރިން - 19:52

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

7 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

10 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

10 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

12 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

17 ދުވަސް ކުރިން - 16:50