އޮސްޓްރިއާގެ އެފްސީ ސާލްސްޒްބާގް 0-3 ގެ ނަތީޖާއިން ބަލިކޮށް ރިއަލް މެޑްރިޑް، ފީފާ ކުލަބް ވޯލްޑް ކަޕުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ޖުމްލަ 7 ޕޮއިންޓު ހޯދައި މެޑްރިޑުން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރިއިރު، ގްރޫޕް އެޗްގެ ދެވަނައިގައި 5 ޕޮއިންޓު ހޯދައިގެން އަލް-ހިލާލް ދެވަނަ ބުރަށް ދިޔައީ މެކްސިކޯގެ ޕަޗޫކާ 0-2 އިން ބަލިކޮށްގެނެވެ.
ވިނީޝިއަސް ޖޫނިޔާ، ވަލްވާޑޭ އަދި ގޮންޒާލޯ ގާސިއާގެ ގޯލުތަކުން ރިއަލް މެޑްރިޑް މޮޅުވިއިރު އަލް ހިލާލަށް ގޯލުތައް ޖަހައިދިނީ އަލް-ޑޯސަރީ އަދި ލިއޮނާޑޯއެވެ. ޕަޗޫކާ މި ގްރޫޕުގެ ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. ތިން ވަނައިގައި އޮތް ސާލްސްޒްބާގަށް ލިބުނީ 4 ޕޮއިންޓެވެ.
ދެވަނަ ބުރުގައި ރިއަލް މެޑްރިޑް ކުޅެން ޖެހޭނީ ގްރޫޕް ޖީގެ ދެވަނަ ހޯދި ޔުވެންޓަސްއާ ދެކޮޅަށެވެ. އަދި އަލް ހިލާލް ކުޅޭނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ. ދެވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާގައެވެ.