މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑުން ކޮންމެ ފަޤީރަކަށް 5،000ރ. ބަހައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް 2،852 ފަޤީރުން ރަޖިސްޓްރީވެފައި ވާއިރު، ކޮންމެ މީހެއްގެ ބޮލަކަށް 5،000 ރުފިޔާގެ ރޭޓުން މިއަހަރުގެ މުދަލު ޒަކާތް އިއްޔެ ބަހާފައިވާ ކަމަށެވެ.
މިދިޔަ އަހަރު ބޮަލަކަށް ޖެހުނީ 4،000 ރުފިޔާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ފަޤީރުންގެ ދަފްތަރުފައިވާ ކޮންމެ ފަރުދަކަށް ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު ވަނީ 4،500 ރުފިޔާ ވެސް ބަހާފައެވެ. އަދި ގޮވާމުން މާލެ ސަރަޙައްދުގައި ކޮންމެ ފަޤީރަކަށް 15 ކިލޯ ބަހާފައިވެއެވެ.
މީގެ އިތުރުން ފިޠުރު ޒަކާތު ފައިސާގެ ތެރެއިން 5 ލައްކަ ރުފިޔާ ފަލަޞްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ވަނީ ހަދިޔާކޮށްފައެވެ.