ސްޓެލްކޯގެ އިން ހައުސް ޓްރެއިނާސް ޕޫލް އިފްތިތާހުކޮށްފި

އަހްމަދު އީޒާން | 11 ގަޑިއިރު ކުރިން - 24 ޖޫން 2025 23:12
ސްޓެލްކޯގެ އިން ހައުސް ޓްރެއިނާސް ޕޫލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ އިން ހައުސް ޓްރެއިނާސް ޕޫލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ސްޓެލްކޯ
ޚުލާސާ

އެ މަސައްކަތް ފެށީ ތަމްރީނު ނަގައިދިނުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ސަނަދު ހާސިލްކޮށްފައިވާ 35 މުވައްޒަފުންނާއެކު.

ސްޓެލްކޯގެ އިން ހައުސް ޓްރެއިނާސް ޕޫލް މިއަދު އިފްތިތާހުކޮށްފި އެވެ. 

އެއީ ސްޓެލްކޯގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން އެ ކުންފުނީގެ މުވައްޒަފުންނަށް އިންޓާނަލް ޓްރެއިނިން ދިނުމަށް ފެށި ޕްރޮގްރާމެކެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.

ސްޓެލްކޯ އިން ބުނީ މިއީ އެ ކުންފުނީގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން އެކި ދާއިރާތަކުން އެހެން މުވައްޒަފުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އެ މަސައްކަތް ފެށީ ތަމްރީނު ނަގައިދިނުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ސަނަދު ހާސިލްކޮށްފައިވާ 35 މުވައްޒަފުންނާއެކު ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ މުވައްޒަފުންނަށް ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ވަނީ ދީފަ އެވެ.

އޭގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި އިދާރީ އެކި ދާއިރާތަކާއި ހިއުމަން ރިސޯސް އާއި ސެކިއުރިޓީ އާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ކަހަލަ ގިނަ ދާއިރާތަކަށް ހާއްސަ މުވައްޒަފުން ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ތަމްރީނު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%