Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ދިވެހީންގެ ހާލަތު ދަނީ ގާތުން ބަލަމުން

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ދިވެހީންގެ ހާލަތު ދަނީ ގާތުން ބަލަމުން

އާނާ ފަހީމް
347 ދުވަސް ކުރިން - 24 ޖޫން 2025 12:40
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް/ ފޮޓޯ: ރައީސް އޮފީސް
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މެދުއިރުމަތީގެ މަޝްރަހުތައް ހޫނުވުމާ ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ވަރަށް ގާތުން ބައްލަވަމުންދާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ހޫނުވެފައިވާ މަޝްރަހާ ގުޅިގެން، އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހީންގެ ހާލަތު ވަރަށް ގާތުން ބައްލަވަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން ސޯޝަލް މީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

މެދުއިރުމަތީގެ މަޝްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މިދިޔަ ހަފުތާގައި ޔަހޫދީ ޒަޔަނިސްޓް ދައުލަތުން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ހާލަތު ގޯސްވެ، އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ޔަހޫދީންނަށް ހަމަލާދޭން ފެށިއެވެ. އޭގެފަހުން މިހަފުތާގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިންވެސް ވަނީ އީރާނަށް ހަމަލާތައް ދީފައެވެ.

Advertisement

Advertisement 1

މި ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް ހަމަލާދީފައެވެ. މި ހަމަލާތަކާއެކު ޤަތަރުންނާއި މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށް، ދަތުރުފަތުރުތަކަށް ބުރޫ އެރުމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އެ ވުޒާރާއިންނާއި މިޝަންތަކުން ވަރަށް ގާތުން ބައްލަވަމުންދާ ކަމަށެވެ. އަދި އެ ޤައުމުތަކުގައި ދިރިއުޅޭ އަދި މިވަގުތު އެ ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ހަމަނުޖެހުން އުފެދިފައިވާ ޤައުމުތަކާއި ވައިގެ ސަރަހައްދު ބަންދުކުރާ ޤައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށްވެސް ވަޒީރު ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

76 ދުވަސް ކުރިން - 17:52

ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން: ހަލީލު

"ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން"

86 ދުވަސް ކުރިން - 17:27

ވޯލްޑް ގަވަމެންޓް ސަމިޓަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ފުރާ ވަޑައިގަނެފި

ވޯލްޑް ގަވަމެންޓް ސަމިޓަށް، ފޮރިންމިނިސްޓަރު ފުރާ ވަޑައިގަނެފި

123 ދުވަސް ކުރިން - 09:46

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި އިޒުރޭލުން ބަލައިގަތީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް: ހަލީލް

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ކުށްވެރިކޮށްފި

145 ދުވަސް ކުރިން - 19:32

ފޮރިން މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި

232 ދުވަސް ކުރިން - 12:55

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެ އިން ގޮވާލައިފި

އދ. ގެ އޮނިގަނޑު ބަދަލުކުރުމަށް ރާއްޖެއިން ގޮވާލައިފި

251 ދުވަސް ކުރިން - 17:17