ފީފާ ކުލަބް ވޯލްޑު ކަޕުގައި ހޯމަ ދުވަހުގެ ރޭ ޕަލްމެއިރާސް އާއި ވާދަކޮށް ޕޮއިންޓެއް ހޯދައި ލިއޮނަލް މެސީގެ އިންޓަރ މިއާމީ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
އިންޓަރ މިއާމީ އަދި ޕަލްމެއިރާސް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ދެ ގޯލު ކާމިޔާބު ކޮށްފައިވަނީ އިންޓަރ މިއާމީ އިންނެވެ. ގޯލުތައް ކާމިޔާބުކޮށްފައިވަނީ ސުއަރޭޒް އަދި އެލެންޑޭ އެވެ. ޕަލްމެއިރާސް ގެ ގޯލުތައް ކާމިޔާބުކޮށްފައިވަނީ ޕައުލީނިއޯ އަދި މައުރީޝިއޯ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސުއަރޭޒެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕީއެސްޖީއާއި ދެކޮޅަށް ނިކުތީ އެމެރިކާގެ ސީޓަލް ސައުންޑާސް އެވެ. މި މެޗު 0-2 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކޮށްފައިވާއިރު، ގޯލުތައް ޖަހާފައިވަނީ ކަވަރަސްހޭލިއާ އަދި އަޝްރަފް ހަކީމީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބިފައިވަނީ ހަކީމީއަށެވެ.
ގްރޫޕް އޭ އަދި ގްރޫޕް ބީގެ މެޗުތައް ނިމިފައިވާއިރު ގަދަ 16 ގައި އިންޓަރ މިއާމީ ނިކުންނާނީ ގްރޫޕް ބީގެ އެއްވަނަ ހޯދި ޕީއެސްޖީއާއި ދެކޮޅަށެވެ. ޕީއެސްޖީއަކީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނެވެ. ގްރޫޕް އޭގެ އެއްވަނަ ހޯދި ޕަލްމެއިރާސް އާއި ދެކޮޅަށް ނިކުންނާނީ ބޮޓަފޯގޯއާއި ދެކޮޅަށެވެ. މި މެޗުތައް ކުޅޭނީ އަންނަ ހަފްތާގައެވެ.
މި މުބާރާތުގައި މިރޭ ގްރޫޕް ސީ އަދި ގްރޫޕް ޑީ ގެ މެޗުތައް ކުޅެން ހަމަޖެހިފައިވާއިރު، ގްރޫޕް ސީ ގައި ބަޔާން މިޔުނިކް އާއި ދެކޮޅަށް ބެނެފިކާ އަދި އޯކްލޭންޑާއި ދެކޮޅަށް ބޮކަ ޖޫނިޔާސް ނިކުންނާނެ އެވެ. ގްރޫޕް ޑީ ގައި ލޮސް އެންޖަލަސް އާއި ދެކޮޅަށް ފްލެމެންގޯ ނިކުންނައިރު ޓުނިސް އާއި ދެކޮޅަށް ނިކުންނާނީ ޗެލްސީއެވެ.