ގަތަރުގައި ހުންނަ އެމެރިކާގެ އަލްއުދައިދު ވައިގެ އަސްކަރީ މަރުކަޒަށް އީރާނުން މިސައިލް ހަމަލާއެއް ދީފިއެވެ. މި ހަމަލާ ދީފައިވަނީ އިރާނުގެ ނިއުކްލިއަރ ސައިޓުތަކަށް "އޮޕަރޭޝަން މިޑްނައިޓް ހެމަރ" ގެ ނަމުގައި އެމެރިކާއިން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްއިން ބުނެފައިވާ ގޮތުގައި، މި ހަމަލާގައި އެމެރިކާއިން ބޮން އަޅައިފައިވާ އަދަދާ އެއްވަރަށް އީރާނުން ވަނީ ހަމަލާ ދީފައެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން މި ހަމަލާގައި ދިގު ރާސްތާގެ މަދުވެގެން ހަ ބެލިސްޓިކް މިސައިލް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުން މި ހަމަލާއަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން އެނަންސިއޭޝަން (ނުވަތަ ޓައިޑިންގްސް) އޮފް ވިކްޓަރީ" ގެ ނަމެވެ.